ލޭ ހަދިޔާކުރާ ފަރާތްތަކުގެ ރަޖިސްޓްރީ ޒަމާނީކޮށް، ޑޯނާ ރެކްރޫޓްމަންޓް ޕޯޓަލްއާއި ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަބުދު ﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމާ ލިޔުމުން ޖަވާބު ހޯދުމަށް އެދިލެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ނާޒިމް ޖަވާބުގައި ވިދާޅުވެފައިވަނީ، ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ތެލެސީމިއާ ކުދިންގެ ޤައުމީ ދަފްތަރު، "ވަންގަވް" މެދުވެރިކޮށް ރަޖިސްޓްރީވުމާއި ބެލެހެއްޓުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ ލޭ ހަދިޔާކުރާ ފަރާތްތަކުގެ މަޢުލޫމާތު މިހާރު ބަލަހައްޓަމުންދާ މެނުއަލް ސިސްޓަމް، އޮންލައިން އިންފޮމޭޝަން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ތައާރަފްކުރާ ޑޯނާ ރެކްރޫޓްމަންޓް ޕޯޓަލްއާއި އެޕްލިކޭޝަންގެ ސަބަބުން ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މި ނިޒާމުގެ ތެރެއިން ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ ލޭގެ ގްރޫޕާ އެކު ރަޖިސްޓްރީ ކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕްތައް އިންތިޒާމުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕްކުރެވިފައިވާ ޤައުމީ ޑޭޓާބޭސްއެއް ވުޖޫދަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި މި ގެނެވޭ ބަދަލަކީ ލޭ ބޭނުންވާ ފަރާތްތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. މި އައު ނިޒާމު އޮކްޓޯބަރު މަހު އަމަލީގޮތުން ބޭނުންކުރަން ފެށުމުން، ކުއްލި ހާލަތްތަކުގައާއި އާންމުކޮށް ލޭ ބޭނުންވާ ކުދިންނަށް ލޭ ހޯދުމުގައި ހުރި ތަކްލީފުތަކަށް ނިމުމެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު