ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެޖެންޑާކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ހާއްސަ އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަގާއި އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން މިހާރު ދެ މަހެއްހާ ދުވަސްވެފައިވާއިރު، މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީއަށް މިއަދު ހެނދުނު 11:00 ގައި އަމީން ހާޒިރުކޮށް ސުވާލުކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.
އެޖެންޑާ ބުނެފައިވަނީ އަމީން ހާޒިރުކުރަނީ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާބެހޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
އެ މައްސަލާގައި މީގެ ކުރިން އަމީން ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން އަމީން ވިދާޅުވީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެއް ވަނީ ފާހަގަކޮށްފައެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ކިޔުންތެރިންގެ ހިޔާލު