ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލަށް 34 އާބާދުވުން ގާއިމުކުރުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ބިންތައް ނިޒާމީ ސިފައެއްގައި ފޭރިގަނެ، އެ ގައުމުގެ ރައްޔިތުން ވަޒަނުން ބޭރުކުރުމަށް އިސްރާއީލުން ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކަކީ، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާ، ހާއްސަކޮށް ގަރާރު ނަންބަރު 2334 އާ ކަނޑައެޅިގެން ހިލާފު، ބޮޑުވެގެންވާ ޖަރީމާއެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ދިވެހިރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ގާނޫނީ އަދި އަހުލާގީ ޒިންމާތައް އަދާކުރުމަށާއި، އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ. މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިފަދަ ޣައިރުގާނޫނީ އަމަލުތަކާއި އާބާދުވުންތައް ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތައް އެޅުމަށްވެސް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސްކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި، އަމިއްލަ އިހުތިޔާރުގައި ގައުމުގެ ކުރިމަގު ކަނޑައެޅުމުގެ ހައްގަށް ފުރިހަމައަށް ތާއީދުކުރުމުގައި ކަމަށެވެ.
އަދި 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު