ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕީއެންއެފް (ޕީޕަލްސް ނޭޝަނަލް ފްރަންޓް) އިން މިރޭ ބޭއްވި މުޒާހަރާގެ ބައިވެރިން، ރައީސް އޮފީހުގައި ހުރި "އެލް ސޯފާ" ނެރުމަށް ބާރުލާފައި ގޮވާލައިފިއެވެ.
މި މުޒާހަރާއަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށް ސިލްސިލާކޮށް ބާއްވަމުންދާ ހަރާކާތްތަކުގެތެރެއިން ކުރިއަށްދިޔަ ހަރަކާތެކެވެ.
އެގޮތުން މިރޭގެ މުޒާހަރާގައިވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަގުމައްޗަށް ނުކުމެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާ ދެއްވުމަށް ގޮވަމުންދިޔައެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށް ބުނެ، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ.
މީގެ އިތުރުން ސަރުކާރުގެ އިސްރާފާއި ނޭދެވޭ އަމަލުތަކަށް އިޝާރާތްކޮށް ރައީސް އޮފީހުގެ ތެރޭގައި ހުރި ކަމަށް ބުނާ އަގުބޮޑު "އެލް ސޯފާ" އެއް ނެރުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދިޔައެވެ.
މި މުޒާހަރާގައި ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު