މަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ އަސީރުންގެ ޙައްޤުގައި އަޑުއުފުލުމަށް ބާއްވާ ޚާއްޞަ އެއްވުމެއް، ކުރިއަށް އޮތް އެޕްރީލް މަހުގެ 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިސްރާ އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން "ހަނު ހުރުމަކީ ޚިޔާނާތެއް" މި ޝިއާރުގެ ދަށުން ބާއްވާ މި އެއްވުން އޮންނާނީ އަންނަ ހުކުރުދުވަހު ހަވީރު 16:30 ގައި މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.
މި އެއްވުމަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ނުހައްގު އަނިޔާތަކާ ދެކޮޅަށް ދިވެހިންގެ ޝުޢޫރުތައް ފާޅުކުރުމަށާއި، އިސްލާމީ އެއްމެ މުޤައްދަސް އެއް ބިނާ، މަސްޖިދުލް އަޤްޞާގެ ދިފާޢުގައި އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ.
މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނެފައިވަނީ، ފަލަސްޠީނުގެ އަސީރުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ގޮވާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެއްވުމުގެ އިންތިޒާމުވެރިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އެއްވުމުގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނުގެ މައްސަލައިގައި ހަނު ނުތިބެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަމަށް މިކަން ގެނައުމެވެ.
އެހެންކަމުން، ހުކުރު ދުވަހުގެ ހަވީރު ބާއްވާ މި ބޮޑު އެއްވުމުގައި ބައިވެރިވެ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ އެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު