މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ރާއްޖެއަށް ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަދަދު 19 އިންސައްތަ އިތުރުވެފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެ އެތެރެކުރެވުނު މުދާ އިތުރުވުން، މިއީ ރާއްޖޭގެ ބާޒާރުގައި މުދަލަށް އޮތް ޑިމާންޑް އިތުރުވުމާއި، މުދާ ގެނައުމުގެ ނިޒާމަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ނަތީޖާއެއްކަމަށް ފާހަގަކުރައްވަމުން ވަޒީރު ހާމަކުރެއްވި ގޮތުގައި، ޖަނަވަރީ މަހުން ފެށިގެން މާރޗް މަހުގެ ނިޔަލަށް ރާއްޖެއަށް 16.2 ބިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އެތެރެކުރި 13.6 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ އަސާސީ ތެލުގެ ބާވަތްތައް ކަމަށްވާ ޕެޓްރޯލާއި ޑީސަލް ގެނައުމުގެ ކަންކަން ކުރިއަށް އޮތް ތިން މަސްދުވަހަށް ޝެޑިއުލްކޮށް، ސަޕްލައި ކަށަވަރުކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ލޮޖިސްޓިކްސް ދާއިރާއިން ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖޭގެ ކޮންޓެއިނަރުތައް ގެނައުމުގެ މަސައްކަތް ވަރަށް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން ނިމިދިޔަ ހަފްތާގައި ލަންކާގައި 4،241 ކޮންޓެއިނަރު ހުރި ނަމަވެސް، މިހާރު ދަތުރުކުރަމުންދާ ބޯޓުތަކާއެކު މި އަދަދު 1،741 އަށް ދަށްވާނެ ކަމަށް އަންދާޒާކުރެވެއެވެ.
ސަރުކާރުގެ އަމާޒަކީ މުދާ އެތެރެކުރުމުގައި ހުރި ހުރަސްތައް ނައްތާލައި، ވިޔަފާރީގެ ދާއިރާއަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު