ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ކުރެއްވި ފާޅުކަން ބޮޑު ޕޯސްޓަކާ ގުޅިގެން ޔުގެންޑާގެ އަސްކަރީ ކޮމާންޑަރު މުހޫޒީ ކައިނެރުގާބާ ބޮޑު ފާޑުކިޔުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހޫޒީ ވަނީ އޭނާއަށް ތުރުކީން "ރީތި އަނބިކަނބަލަކު" ނުލިބިއްޖެ ނަމަ، ޔުގެންޑާގައި ހުންނަ ތުރުކީގެ އެމްބަސީ ބަންދުކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މި ވާހަކަތަކަކީ ސަމާސާގެ ރޫހެއްގައި ދެކެވުނު ވާހަކަތަކެއް ކަމަށް ބެލެވުނު ނަމަވެސް، ގައުމެއްގެ އަސްކަރީ އިސްވެރިއެއްގެ ފަރާތުން މިފަދަ ވާހަކަތަކެއް އައުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ޔުގެންޑާ އާއި ތުރުކީވިލާތާ ދެމެދު އޮންނަ ހާރިޖީ ގުޅުމަށް ބުރޫއަރާފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ހާއްސަކޮށް ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް އުސޫލުތަކާ ހިލާފަށް، މިފަދަ ޒާތީ ކަންކަމާ ގައުމީ މުއައްސަސާތަކުގެ މަސައްކަތްތައް ގުޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ބުނެއެވެ.
މި ޕޯސްޓުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރަށް އަސަރުކޮށް، ހާރިޖީ ގޮތުން ނުތަނަވަސްކަމެއް އުފެދިދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ނަމަވެސް، މިހާތަނަށް ޔުގެންޑާގެ ސަރުކާރުން އެމްބަސީ ބަންދުކުރުމާ ގުޅޭ އެއްވެސް ރަސްމީ ފިޔަވަޅެއް އަޅާފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ މުހޫޒީގެ އަމިއްލަ ހިޔާލެއްގެ މައްޗަށް ބިނާކޮށް ކުރެއްވި، މައްސަލަ ބޮޑުވި ކޮމެންޓެކެވެ.
ދައުލަތުގެ ރަސްމީ ސިޔާސަތާ މި ވާހަކަތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބެލެވުނު ނަމަވެސް، މިފަދަ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސޯޝަލް މީޑިއާގައި ބަސްމަގު ބަހައްޓަވާ ގޮތާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު