ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނޭ ފަދަ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އީވާ މިއަދު ގޮވާލައްވައިފިއެވެ.
އީވާ މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތަށް ރިއާޔަތް ކުށްއްވައި، އީވާ ވިދާޅުވީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ފެންނަމުންދާ ނާޤާބިލްކަމަކީ މިވަގުތު ޤައުމުގެ މަސްލަޙަތު ހިފެހެއްޓޭނެގޮތް ނޫން ކަމަށެވެ
ޚާއްޞަކޮށް ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ފިއްތުންތަކަކީ ނުހަނު ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ. އީވާ ވިދާޅުވީ، ޤައުމުގެ ހަމަޖެހުމާއި އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި ހުރިހާ ފަރާތްތަކެއް ބައިވެރިވާ ވަގުތީ ސަރުކާރެއް މިއަދު ރާއްޖެއަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ.
އީވާ މިފަދަ ގޮވާލުމެއް ގޮވާލައްވާފައިވަނީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ވަގުތެއްގައެވެ.
އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާތީ، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ ލަފާކޮށްފައެވެ.
އޭގެއިތުރުން މިއަދު ވަނީ ސަރުކާރުގެ ކެބިނެޓްގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

A caretaker government of all parties is what the Maldives needs now.
— Eva Abdulla (@evattey) April 14, 2026
We cannot afford the kind of instability we are seeing from President @MMuizzu and his administration. The fiscal pressures on this country are too serious, esp at a time of such profound global uncertainty.
އީވާ މިފަދަ ގޮވާލުމެއް ގޮވާލައްވާފައިވަނީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ވަގުތެއްގައެވެ.
އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާތީ، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ ލަފާކޮށްފައެވެ.
އޭގެއިތުރުން މިއަދު ވަނީ ސަރުކާރުގެ ކެބިނެޓްގެ 10 ވަޒީރަކު ކުއްލި ގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު