ސަރުކާރުގެ މިނިސްޓްރީތަކުގެ އޮނިގަނޑަށް ގެނައި ބޮޑެތި ބަދަލުތަކާއެކު، ހަ މިނިސްޓްރީއެއްގެ ޕާމަނަންޓް ސެކްރެޓަރީންގެ މަގާމު ގެއްލިފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ހާމަކޮށްފިއެވެ.
މި ބަދަލު އައިސްފައިވަނީ ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް، ބައެއް މިނިސްޓްރީތައް އެއްކޮށްލުމަށްފަހު ވުޒާރާތަކުގެ އަދަދު 15 އަށް މަދުކުރުމާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެބިނެޓް އަލުން އެކުލަވައިލެއްވީ، އިއްޔެ ކުއްލި ގޮތަކަށް 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރޭގެ ވަގުތެއްގައެވެ. ރައީސް އޮފީހުން ބުނީ މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
މި ބަދަލާއެކު މަގާމު ގެއްލުނުކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި މުހައްމަދު އަނީސް (އެގްރިކަލްޗާ މިނިސްޓްރީ)، އައިޝަތު ހިކުމާ (ހަޔާ އެޑިއުކޭޝަން މިނިސްޓްރީ)، ފާތިމަތު އަހުމަދު (ޔޫތު މިނިސްޓްރީ)، ވަލީދާ މުހައްމަދު (ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ)، މަރިޔަމް ޝަހާނާ (ޓްރާންސްޕޯޓް މިނިސްޓްރީ)، މޫމިނާ ވަހީދު (ސިޓީސް މިނިސްޓްރީ) ހިމެނެއެވެ.
ޕާމަނަންޓް ސެކްރެޓަރީންގެ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވައެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ ވަނީ އުވާލާފައެވެ. އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ މަސައްކަތްތައް ދެން ބަލަހައްޓާނީ އަލަށް ނަން ބަދަލުކުރި "އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓްރީ" އިންނެވެ.
މީގެ އިތުރުން، ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލާފައިވާއިރު، ކުރިން އެގްރިކަލްޗާގެ ދަށުން ހިންގި އެނިމަލް ވެލްފެއާ ވަނީ އުވާލާފައެވެ. އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީ އެއްކޮށްލާފައިވާއިރު، ޓޫރިޒަމް މިހާރު ވަނީ ސިވިލް އޭވިއޭޝަނުގެ ދަށަށް ބަދަލުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން، އަދި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ވެސް ވަނީ އެއްކޮށްލާފައެވެ.
ހަމައެއާއެކު ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ނަން ވަނީ "އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް" އަށް ބަދަލުކޮށްފައެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެއްކޮށްލި މިނިސްޓްރީތަކުގެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު