ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ޕީއެޗްޑީގެ ސައްހަކަމާ މެދު މީސްމީޑިއާގައި ބޮޑެތި ސުވާލުތަކެއް އުފައްދާފައި ވަނިކޮށް، އެކަމަނާގެ ރަސްމީ އެކްސް ޕްރޮފައިލުން ޑރ ގެ ލަގަބު އުނިކޮށްފިއެވެ.
މީގެ އިތުރުން، އިރުތިޝާމްގެ އެކްސް ބައޯގައި ކުރިން ހިމަނާފައިވާ އޮކްސްފޯޑް ޔުނިވަރސިޓީގެ ނަން ވެސް މިހާރު ވަނީ އުނިކޮށްފައެވެ. މިކަން ފެންމަތި ކޮށްފައިވަނީ މީސްމީޑިއާ އެކްޓިވިސްޓް 'ހަސަން ކުރުސީ' އެވެ.
ކާކުކަން ދެނެގަނެވިފައި ނުވާ، ކުރުސީ ފާހަގަކޮށްފައިވާ ގޮތުގައި، އިރުތިޝާމް ވަނީ ދެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ހާސިލް ކޮށްފައެވެ. އެއީ 2018 ވަނަ އަހަރު އުފެއްދި ޔޫރަޕިއަން އިންޓަނޭޝަނަލް ޔުނިވަރސިޓީ އާއި 2021 ވަނަ އަހަރު އުފެއްދި ކެލިފޯނިއާ މެޓްރޯޕޮލިޓަން ޔުނިވަރސިޓީންނެވެ. މި ދެ ޕީއެޗްޑީ ވެސް އިރުތިޝާމް ހާސިލްކޮށްފައިވަނީ 2022 ވަނަ އަހަރު ކަމަށް ކުރުސީ ތުހުމަތު ކޮށްފައިވެއެވެ.
މި މައްސަލަ ފެންމަތިވުމުގެ ކުރިން ފޮރިން މިނިސްޓްރީން ވެސް އިރުތިޝާމަށް ޑރ. ގެ ލަޤަބުން މުހާތަބު ކުރި ނަމަވެސް، މިހާރު އެ މިނިސްޓްރީން ވެސް ވަނީ އެ ލަގަބު ބޭނުންކުރުން ހުއްޓާލާފައެވެ. އަދި ރައީސް އޮފީހުން އެކަމަނާއަށް ޚާރިޖީ ވަޒީރުގެ މަޤާމު ޙަވާލު ކޮށްފައިވާ ޚަބަރު ޢާއްމު ކޮށްފައިވާއިރު ބޭނުން ކޮށްފައި ވަނީވެސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް ކަމަށެވެ.
ހަމައެއާއެކު "ހަސަން ކުރުސީ" ފާހަގަކޮށްފައިވާ ގޮތުގައި، އިރުތިޝާމް ޕީއެޗްޑީ ހާސިލްކުރި ކަމަށް ބުނާ ދެ މުއައްސަސާއަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ތަންތަން ނޫނެވެ. އެހެންކަމުން އެއީ ރާއްޖެ ގަބޫލުކުރާ ސައްހަ ސަނަދުތަކެއް ނޫން ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ ކުރިން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވެސް ވަނީ އޭނާގެ ޕީއެޗްޑީއާ މެދު ސުވާލު އުފެދުމުން ޑރ. ލަގަބު ބޭނުންކުރުން ހުއްޓާލާފައެވެ.

After 1 year and 24 days, @IruthishamAdam has finally accepted defeat. She's dropped the Dr from her title and even took Oxford out of her bio.
— Hassan Kurusee (@HKurusee) April 16, 2026
All these years she was going round pretending she had two proper PhDs, one from California Metropolitan Uni and another from European… https://t.co/FujtVtyNr6 pic.twitter.com/ZzOQT4946r
ހަމައެއާއެކު "ހަސަން ކުރުސީ" ފާހަގަކޮށްފައިވާ ގޮތުގައި، އިރުތިޝާމް ޕީއެޗްޑީ ހާސިލްކުރި ކަމަށް ބުނާ ދެ މުއައްސަސާއަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ތަންތަން ނޫނެވެ. އެހެންކަމުން އެއީ ރާއްޖެ ގަބޫލުކުރާ ސައްހަ ސަނަދުތަކެއް ނޫން ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިފަދަ ކަންކަމުގައި ނަމޫނާ ދައްކަވަންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެ ކުރިން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވެސް ވަނީ އޭނާގެ ޕީއެޗްޑީއާ މެދު ސުވާލު އުފެދުމުން ޑރ. ލަގަބު ބޭނުންކުރުން ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު