ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނީ ބީ ރިޕޯޓެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ލިބުނީ "ބީ ރިޕޯޓެއް" ކަމަށެވެ.
އަދި ވެރިކަމުގައި ތިބެގެން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ބީ ރިޕޯޓެއް ހޯދީ ކޮން ބައެއްތޯ ސުވާލު އުފައްދަވައި، މިއީ އަޑުއައްސަވާ ބޭފުޅުން ބައްލަވާލެއްވުމުން ވަރަށް ފަސޭހައިން އެނގޭނެ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ "އޭ ރިޕޯޓު" ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ބީ ރިޕޯޓެއް ހަގީގަތުގައި ވެސް. އަޅުގަނޑުމެންނަކީ އޭ ރިޕޯޓު ހޯދަން ބޭނުންވާ ބައެއް،" ޝިޔާމް ވިދާޅުވިއެވެ.
އިންތިޚާބުގެ ނަތީޖާއަށްފަހު ރައީސް މުޢިއްޒު އަމަލުކުރެއްވި ގޮތަށް ތައުރީފު ކުރައްވަމުން ޝިޔާމް ވިދާޅުވީ، އިންތިޚާބު ނިމުމާއެކު ރައްޔިތުން ދެއްކި ވާހަކަތައް އަޑުއައްސަވައިފި ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.ޝިޔާމް ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ނަތީޖާއެއް ހޯދުމަށްޓަކައި، އިންތިހާބު ނިމުނު ވަގުތުން ފެށިގެން ސަރުކާރުގެ ހިންގުމަށާއި ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްގެ ފަރާތުން ފެންނާނެ އެންމެ ރަނގަޅު މިސާލު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ވަގުތުން ފެށިގެން ރައްޔިތުން އެ ވިދާޅުވި ކަންކަން ފެށިއްޖެ. މީ ނޫންތޯ ޑިމޮކްރަސީއެއްގަ ފެންނާނެ އެންމެ ރީތި މަންޒަރަކީ،" ޝިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު