ކިޔަވައިދިނުމުގެ ފެންވަރު ދަށްވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްވިޑަންގެ ސްކޫލްތަކުގައި ބޭނުންކުރާ ސްކްރީންތަކާއި ޑިޖިޓަލް ވަސީލަތްތައް މަދުކޮށް، އަލުން ފޮތާއި ކަރުދާހާއި ގަލަން ބޭނުންކުރުމަށް އެޤައުމުގެ ސަރުކާރުން ބާރުއަޅަން ފަށައިފިއެވެ.
2022 ވަނަ އަހަރު ވެރިކަމަށް އައި ކަނާތު ފިޔައިގެ ކޯލިޝަން ސަރުކާރުން އަމާޒު ހިފާފައިވަނީ "ސްކްރީނުން ފޮތަށް" މި ޝިއާރުގެ ދަށުން، ކްލާސްރޫމްތަކަކީ ޑިޖިޓަލް ވަސީލަތްތަކުން ދުރު، ކުދިންގެ ފޯކަސް އިތުރުވާނެ ތަނަކަށް ހެދުމަށެވެ. މި ބަދަލާއެކު، 2025 އިން ފެށިގެން ޕްރީ-ސްކޫލްތަކުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން މަޖުބޫރު ނުވާނެއެވެ. އަދި ދެ އަހަރުން ދަށުގެ ކުދިންނަށް ޓެބްލެޓް ދިނުން ހުއްޓާލައި، މިއަހަރުގެ ފަހުކޮޅު ސްކޫލްތަކުގައި މޮބައިލް ފޯނު ބޭނުންކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ.
ސްވިޑަންގެ ލިބަރަލް ޕާޓީގެ އެޑިއުކޭޝަން ތަރުޖަމާނު ޖޯ ފޯސެލް ވިދާޅުވި ގޮތުގައި، ކުޑަކުދިންނަށް ބޭނުންވާ ޢިލްމު ފޯރުކޮށްދިނުމަށް އެންމެ ރަނގަޅީ އަސްލު ފޮތްތަކާއި ކަރުދާހުގައި ލިޔެގެން ކިޔަވައިދިނުމެވެ. މި މަޝްރޫޢަށް ސަރުކާރުން ވަނީ ފޮތްތަކާއި ޓީޗަރުންގެ ގައިޑްތައް ގަތުމަށް 200 މިލިއަން ޑޮލަރުގެ ގްރާންޓެއް ކަނޑައަޅާފައެވެ.
މި ބަދަލު ގެންނަން ނިންމީ ބައިނަލްއަޤްވާމީ ފެންވަރުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރާ 'ޕީސާ' ރޭންކިންގައި ސްވިޑަންގެ ނަތީޖާ ދަށްވަމުން ދާތީއެވެ. ޚާއްޞަކޮށް ލިޔަންކިޔުމުގެ ހުނަރާއި ހިސާބު ޢިލްމުން ސްވިޑަންގެ ދަރިވަރުންގެ ފެންވަރު ވަނީ އަވަށްޓެރި ފިންލޭންޑާއި ޑެންމާކަށްވުރެ ދަށްވެފައެވެ. ސައިންސްވެރިންނާއި މާހިރުން ފާހަގަކުރާ ގޮތުގައި، ގިނަވަގުތު ސްކްރީނަށް ބެލުމުގެ ސަބަބުން ކުދިންގެ ސިކުނޑީގެ ތަރައްޤީއަށާއި ކަންކަމަށް ދޭ ސަމާލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ނަމަވެސް، މި ނިންމުމަށް ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކާއި ބައެއް ތަޢުލީމީ މާހިރުން ދަނީ ފާޑުކިޔަމުންނެވެ. ސްވިޑަން އެޑްޓެކް އިންޑަސްޓްރީގެ ސީ.އީ.އޯ ޖެނީ ޖެޕެސަން ވިދާޅުވީ، މުސްތަޤްބަލުގެ ވަޒީފާތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޑިޖިޓަލް ހުނަރުތަކަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް އާންމުވަމުންދާ ދުވަސްވަރެއްގައި، ޑިޖިޓަލް ވަސީލަތްތަކާ ދަރިވަރުން ދުރުކުރުމަކީ އިޤްތިޞާދަށްވެސް ގެއްލުންވެދާނެ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ސްޓޮކްހޯމްގެ ކައިރީގައި އޮންނަ ނަކާގެ ހައިސްކޫލެއްގެ ދަރިވަރުންގެ މެދުގައިވެސް މިކަމުގައި ޚިޔާލު ތަފާތެވެ. ބައެއް ދަރިވަރުން ފޮތްތަކަށް އެނބުރި ދިއުމަށް ތާއީދުކުރާއިރު، އަނެއްބައި ދަރިވަރުން ދެކޭގޮތުގައި މުޅި ދުނިޔެ ކޮމްޕިއުޓަރަށް ބަރޯސާވެފައިވާއިރު، ސްކޫލްތަކުގައިވެސް އެ ވަސީލަތްތައް ބޭނުންކުރުން މުހިންމެވެ.
ސްވިޑަން ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް ފޮތްތަކަށް ބަރޯސާވާ އައު މަންހަޖެއް އެކުލަވާލައި، ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު