އިސްރާއީލާއި ލުބުނާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، ހިޒްބުالله އާ ދެކޮޅަށް ކުރިއަށްގެންދާ "މިޝަން" އަދި ނުނިމޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ނަތަންޔާހޫ ވިދާޅުވީ، ރޮކެޓާއި ޑްރޯންގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އަދިވެސް ކުރަންޖެހޭ ރޭވުންތަކެއް އެބަހުރި ކަމަށާއި، ނަމަވެސް އެކަންކަމުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
އިސްރާއީލުގެ އުތުރު ސަރަހައްދުގެ ހަނގުރާމައާ މެދު އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށެވެ. އެގޮތުން، ފުރަތަމަ ފަހަރަށް އުތުރު ބޯޑަރުގެ މުޅި ސަރަހައްދުގައި ސަލާމަތީ ވަރުގަދަ ބަފަރ ޒޯނެއް ގާއިމުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޔެލޯ ލައިން" ގެ ނަމުން ނަންދީފައިވާ މި ސަރަހައްދަކީ ހިޒްބުاللهގެ ހަމަލާތަކާއި ވަދެގަތުންތައް ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށާއި، އެ ސަރަހައްދުގައި އިސްރާއީލު ސިފައިން ތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ނަތަންޔާހޫ ހާމަކުރެއްވިއެވެ. ޓްރަމްޕް ވަނީ ލުބުނާނުގައި 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާނުކުރައްވާފައެވެ. އަދި އިސްރާއީލުން ލުބުނާނަށް އިތުރު ހަމަލާތައް ދިނުން ހުއްޓުވުމަށް ވޮޝިންޓަނުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ލުބުނާނުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،294 މީހުން މަރުވެ، 7،544 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ނަތަންޔާހޫ ވިދާޅުވީ މި ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ ބޭނުމަކީ ލުބުނާނު ސަރުކާރާއެކު ސިޔާސީ އަދި އަސްކަރީ ހައްލެއް ހޯދުމަށް ފުރުސަތު ދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު