ޅ. އަތޮޅު ފަޅުރަށަކުން ފަސް ފޫޓު ހުރި ކިނބުލެއް ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ކިނބޫ ފެނިފައިވަނީ ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަށް ޑިންގީއެއްގައި ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ. އެ ރަށުން ކިނބޫ ފެނުމާއެކު، އެމީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް އެ ކިނބުލާ ހަވާލުވެފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.ސިފައިން މިހާރު ވަނީ އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ދޭތެރެއަކުން ކިނބޫ ފެންނަމުންދާއިރު، މިފަދަ ތަކެތި ފެނުމުން ސަލާމަތީ ފިޔަވަޅުތައް އެޅުމަށާއި ކަމާބެހޭ އިދާރާތަކަށް އެންގުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު