އެލް ސޯފާ
އެލް ސޯފާ
ރައީސް ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ތާއީދުކުރާ ފަރާތްތަކުން މާލޭގެ އާޓިފިޝަލް ބީޗް ކުރިމަތީގައި ރަތް ކުލައިގެ އެލް ސޯފާއެއް ބަހައްޓައިގެން މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާގެ ބައިވެރިން އަންނަނީ އެ ސަރަހައްދަށް އެއްވެ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

މިއީ އެ ޕާޓީން އިސްނަގައިގެން ކޮންމެ ރެޔަކު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މުޒާހަރާގެ ބައިވެރިން ބޭނުންކުރާ މި ރަތް ސޯފާއަކީ ސީދާ ރައީސް ޑރ. މުއިއްޒުއާ ގުޅުވައިގެން އާންމުކޮށްފައިވާ ޑޮކުމެންޓްރީގައި މުއިއްޒުއަށް ރައްދުވާ ތުހުމަތުތައް ސިފަކޮށްދިނުމަށް ބޭނުންކުރާ އެއްޗެއް ކަމަށް ބެލެވެއެވެ. މިމުޒާހަރާގައި ބައިވެރިވުމަށް ގިނައަދަދެއްގެ ޕީއެންއެފްގެ ސަޕޯޓަރުން ދަނީ މުޒާހަރާ ކުރިއަށްދާ އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވަމުންނެވެ.

ޕީއެންއެފްގެ އިތުރުން، އިދިކޮޅު އެމްޑީޕީއިންވެސް ވަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާތަކެއް ފަށާފައެވެ. މި މުޒާހަރާތަކުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމުގެ އިތުރުން، ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ވެސް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު