މާލޭގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 2.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ، އަދި މިހާރު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ އަތަމަނަ (ކުރިން ގަލުފަޅު) ފަރަށް ހޯކްސް ކުންފުނީގެ ތެޔޮ އުފުލާ ބޯޓެއް އަރައިފިއެވެ.
"ރަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބޯޓަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ބޯޓެކެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން މިހާތަނަށް ފުލުހުންނާއި އެމްއެންޑީއެފް އިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
އަތަމަނަ ފަޅަކީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލުގެ ގޮތުގައި ދީފައި އޮތް ތަނެކެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އެ މަޝްރޫއާ ހަވާލުވެ، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން "ނޫވިލު" ޕްރޮޖެކްޓުގެ ކޮންސެޕްޓަށް އެތަން ތަރައްގީކުރަން ފަށާފައެވެ.
ރާއްޖޭގެ ނާޒުކު ފަރުތަކަށް އުޅަނދުފަހަރު އެރުމަކީ ތިމާވެށީގެ ގޮތުން ބޮޑެތި ޖަރީމާތަކެއްގެ ގޮތުގައި ބެލެވޭ ކަންކަމެވެ. އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރު.އޭ) އިން އާންމުކޮށް މިފަދަ ހާދިސާތަކުގައި ފަރުގެ ސާވޭއެއް ހަދައި، ލިބިފައިވާ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެއެވެ. ފަރުގެ ކޮންމެ އަކަމީޓަރަކަށް 85،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭއިރު، މީގެ ކުރިންވެސް ތިމާވެއްޓަށް ގެއްލުންދޭ ކުންފުނިތައް 12 މިލިއަނާއި 61 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާކޮށްފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ހޯކްސް އަދި އީ.އާރު.އޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު