ނިމިދިޔަ ރަމަޟާން މަހު ކަރަންޓު ބިލަށް ދިން ޚާއްޞަ ޑިސްކައުންޓަށް ފަހު، މި މަހު ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވެފައިވާތީ، ރ. އަނގޮޅިތީމުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ، ފެނަކަ ކޯޕަރޭޝަންގެ އެ ރަށު ބްރާންޗު ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.
ޝޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނިގެންދިޔަ ގޮތުގައި، ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ރައްޔިތުން ވަނީ ފެނަކަ ބްރާންޗު ކުރިމަތީ ނިކުމެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މުޒާހަރާގައި ބައިވެރިވި ރައްޔިތުން ވަނީ ފެނަކަ ބްރާންޗުގެ މެނޭޖަރު ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. އަދި ކަރަންޓު ބިލު އަތްފޯރާ ފަށަށް ތިރިކޮށްދިނުމަށް ވެސް ގޮވާލިއެވެ. ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގެ ތެރޭގައި، ރޯދަ މަހުގެ ޑިސްކައުންޓަށް ހަޖޫ ޖަހައި، "ރޯދަ މަހަށް އުއްބަތި ބަހާ" ފަދަ ބަސްތައް ހިމެނިފައިވެއެވެ. ހަމައެއާ އެކު، "ރޯދަ މަހަށް މަސްދަޅު ކޭހެއް ދިނުމަށް ފަހު ރައްޔިތުން ހަލާކޮށްލައިފި" ކަމަށާއި، "ކަރަންޓު ބިލުން ފޭރެނީ" ފަދަ ބަސްތައް ވެސް ބޯޑުތަކުގައި ލިޔެފައިވެއެވެ.
ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ރ. އަނގޮޅިތީމު ކައުންސިލަށް އަމިއްލަ ގޮތުން ވާދަކުރެއްވި މުޙައްމަދު ސާޖިދު "ރަސް އޮންލައިން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ރަމަޟާން މަހުގެ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ދޫކުރި މަސްދަޅު ކޭސްތަކުގެ އަގު، ކަރަންޓު ބިލު މެދުވެރިކޮށް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިމަހުގެ ކަރަންޓު ބިލުތައް އާދަޔާޚިލާފަށް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނަށް މަގުމައްޗަށް ނުކުމެ އިޙުތިޖާޖު ކުރަން މަޖުބޫރުވީ ކަމަށް ސާޖިދު ވިދާޅުވިއެވެ.
ނިމިދިޔަ ރަމަޟާން މަހުގެ ކަރަންޓު ބިލުތަކަށް ލުޔެއް ދިނުމުގެ ގޮތުން، ކޮންމެ ގޭބިސީއެއްގެ ބިލު އެންމެ ބޮޑުވެގެން 400 ރުފިޔާގައި ހިފެހެއްޓުމަށް ސަރުކާރުން ނިންމެވިއެވެ. މި އުސޫލުގެ ދަށުން، ޑޮމެސްޓިކް ރޭޓުން ބިލުކުރާ ހުރިހާ ތަނަކަށް މި ލުއި ލިބިފައިވާއިރު، ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާގެ ފީވެސް އެ މުއްދަތުގައި ދައްކާފައިވަނީ ސަރުކާރުގެ ފަރާތުންނެވެ.
ނަމަވެސް، ރަމަޟާން މަހަށް ފަހު ފޮނުވި ބިލުތައް އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ގޭބިސީތަކުގެ ބިލު ކުރީގެ މަސްތަކާ އަޅާބަލާއިރު ދެގުނަ އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ދިވެހިރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މާލެ ސަރަހައްދުގައި ސްޓެލްކޯއިން ހަރަކާތްތެރިވާ އިރު، އަތޮޅުތެރޭގެ ރަށްތަކަށް އެ ޚިދުމަތް ދެމުންގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ކިޔުންތެރިންގެ ހިޔާލު