ހދ.ނޮޅިވަރަމްގައި މިދިޔަ އަހަރު ކުރެވުނު ކައިވެނިތަކުގެ އަދަދާއި ރަޖިސްޓްރީކޮށް ސާބިތު ކުރެވުނު ވަރީގެ އަދަދު އެއްވަރުވެފައިވާކަމަށް އެރަށުގެ މެޖިސްޓްރޭޓް ކޯޓުން ބުނެފިއެވެ.
އެ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި އަހަރުގެ ތެރޭގައި އެ ރަށުގައި ކުރި ކައިވެނީގެ އަދަދާއި ވަރީގެ އަދަދު ވަނީ އެއްވަރުވެފައެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ ރެކޯޑްތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުގައި 16 ކައިވެނި ވަނީ ކޮށްދީފައެވެ. ހަމައެއާއެކު، އެ އަހަރުގެ ތެރޭގައި 16 ވަރިވެސް އެ ކޯޓުން ވަނީ ސާބިތުކޮށްދީފައެވެ.
ނޮޅިވަރަމް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފާސްހިސާބަށް ބަލާއިރު، އެކި ބާވަތުގެ ޖުމްލަ 18 މައްސަލައެއް ނުނިމި އެބައޮތެވެ. އޭގެ ތެރޭގައި ހިމެނެނީ:
އާއިލީ 2 މައްސަލަ
މަދަނީ 9 މައްސަލަ
ޖިނާއީ 7 މައްސަލަ
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކައިވެންޏާއި ވަރީގެ އަދަދު އެއްވަރުވެފައިވާއިރު އާބާދީގެ ނިސްބަތުން ބަލާއިރު، ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ތެރެއިން ވަރި އެންމެ ގިނައީ ރާއްޖޭގައެވެ.

ކިޔުންތެރިންގެ ހިޔާލު