ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން އިންޑިޔާ އިން ދިވެހިރާއްޖެއަށް ދޫކުރި 400 މިލިއަން އެމެރިކާ ޑޮލަރު، ދަރަނި ދިވެހި ސަރުކާރުން މިރޭ އަނބުރާ ދައްކައިފިއެވެ.
މި ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދިޔަ ފެސިލިޓީއެކެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވަނީ، 400 މިލިއަން ޑޮލަރުގެ މި ކަރަންސީ ސްވޮޕް ފެސިލިޓީ ދިވެހި ދައުލަތުން މިހާރު ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ. މީގެއިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެއަށް އިތުރު 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާތީ، އެކަމަށްޓަކައި އެ ވުޒާރާއިން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ދިވެހި ސަރުކާރުން މީގެކުރިން ވަނީ އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު