ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ބުނެ، އޮންލައިންކޮށް ޖުވާ ކުޅެގެން 400,000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޯދި އެމެރިކާ ސިފައިންގެ މީހަކު އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ އިންޓެލިޖެންސް ދާއިރާގައި މަސައްކަތް ކުރާ އުމުރުން 31 އަހަރުގެ ސާޖަންޓެކެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ސިއްރު މައުލޫމާތު ބޭނުންކޮށްގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ސިޔާސީ ކަންކަމަށް ބެޓްކުރާ ޕްލެޓްފޯމެއް މެދުވެރިކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށެވެ.
ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، އޭނާ ވަނީ މަދޫރޯގެ ސަރުކާރު ވެއްޓޭނެ ވަގުތަކާ މެދު ބޮޑެތި އަދަދުތަކުން ބެޓްކޮށް، އޭގެއިން ބޮޑު މަންފާއެއް ހޯދާފައެވެ.
އެމެރިކާގެ ގާނޫނުތައް ބުނާގޮތުން ސިފައިންގެ ހިދުމަތުގައި ތިބޭ މީހުން މިފަދަ ސިޔާސީ ނިންމުންތަކަށް ބެޓްކުރުމަކީ މަނާ ކަމެކެވެ.
އަދި މި ފައިސާ ހޯދުމުގައި އޭނާ އަމަލުކޮށްފައިވާ ގޮތުން މަނީ ލޯންޑަރިންގް އާއި ވަޔަރ ފްރޯޑްގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ބުނީ، މިއީ އަސްކަރީ އަޚުލާގާ ޚިލާފު، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އޭނާ ޖުވާ ކުޅެގެން ހޯދި 4 ލައްކަ ޑޮލަރު ހިފަހައްޓާފައެވެ. ކޯޓުން ކުށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ގިނަ އަހަރުތަކެއްގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު