އިދިކޮޅު އެމްޑީޕީން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް ވަދެގަތް މީހަކު، މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު އާދަމް އާޒިމަށް ހަމަލާދީފިއެވެ.
އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން، މިރޭ ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ދަނިކޮށް، ކުއްލި ގޮތަކަށް މީހަކު މުޒާހަރާގެ ތެރެއަށް ވަދެ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން، އެ މީހާ މޭޔަރުގެ ހަށިކޮޅުގައި އަތްލައި، ކޮށްޕާލާފައެެވެ. އެހެން ނަމަވެސް، އިތުރު ހަމަލާއެއް ދިނުމުގެ ކުރިން މުޒާހަރާގެ ބައިވެރިން ވަނީ އެ މީހާ ހިފަހައްޓާފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި މިއީ އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި ސަރުކާރުން އަޑީގައި އޮވެގެން ހިންގާފައިވާ އަމަލެކެވެ.
މި ހަމަލާއާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުގެ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ގެންދިޔައީ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި، ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ގައުމުގެ ކަންކަން އިސްލާހުކޮށް ހަމަމަގަށް އެޅުވުމަށް ގޮވާލައި، އެމްޑީޕީން ވަނީ ސަރުކާރަށް 12 ހުށަހެޅުމެއް (ޑިމާންޑްތަކެއް) ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު