ހައްސާސް މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އަމިއްލަ މައުލޫމާތު، ކިތަންމެ ބޮޑު ފިއްތުމެއް ކުރިމަތިވި ނަމަވެސް އާންމުނުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ދަނާލުގައި މަރުވި އުމުރުން 18 އަހަރުގެ އަންހެން ކުއްޖާގެ މަރާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އެ ކުއްޖާގެ ބައެއް ޒާތީ މައުލޫމާތުތައް ހާމަކުރެއްވުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް ވިދާޅުވިގޮތުގައި ޒާތީ މައުލޫމާތު ހާމަކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް، އެ ދުވަހު އެކަން އެގޮތަށް ދިމާވީ މީސްމީޑިއާގައި މައްސަލަ ތަހުގީގުކުރާ ފަރާތްތަކާމެދު ކުރެވުނު ތުހުމަތުތަކާއި ފެތުރުނު ދޮގު ވާހަކަތަކުގެ ސަބަބުން، އެ ފަރާތްތަކަށް ކުރިމަތިވި ނުރައްކާތަކާ ގުޅިގެން މަޖުބޫރުވެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮންމެ މީހެއްގެވެސް އަމިއްލަ ހައްގުތަކެއްވާކަން ގަބޫލުކޮށް، އެންމެން އެއް ވިސްނުމެއްގައި މަސައްކަތްކުރާނަމަ މިފަދަ މައުލޫމާތު ހާމަކުރަން މަޖުބޫރު ނުވާނެ ކަމަށެވެ.
"އެ ކޭސްގައި އަސްލު އެއްވެސް މައުލޫމާތެއް ހާމަކޮށްގެން ނުވާނެ. އެކަމަކު އެދުވަހު މަސައްކަތްކުރި ފަރާތްތަކަށް އަމާޒުވި އިލްޒާމުތަކުގެ ސަބަބުން މަދު މައުލޫމާތުކޮޅެއް ހިއްސާކުރީ. އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރުވެސް އަދި އަޅުގަނޑުވެސް ގަބޫލުކުރާ ގޮތެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ހާމަކުރި ބައެއް މުވައްޒަފުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކިތަންމެ ބޮޑު ޕްރެޝަރެއް އައި ނަމަވެސް، އަނިޔާ ލިބޭ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަނުކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު