ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ތަޢުލީމީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ޔުނިވަރސިޓީގެ އައު ކެމްޕަހެއް ބިނާކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން މި ކަމަށްޓަކައި 35،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކެމްޕަސް ތަރައްޤީކުރުމަށް ބޭނުންވާ ޑިޒައިންގެ މަސައްކަތްތަކާއި، މި މަޝްރޫޢު ކުރިއަށް ގެންދާނެ ޓެކްނިކަލް ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވި ގޮތުގައި، މި އައު ކެމްޕަސް ތަރައްޤީކުރުމަށް ރޭވިފައިވަނީ ބޭރުގެ ކުރިއަރާފައިވާ ޔުނިވަރސިޓީތަކެކޭ އެއްފަދައިން، ހުރިހާ ވަސީލަތްތަކެއް އެއް ސަރަހައްދަކުން ލިބޭނެ "ޔުނިވަރސިޓީ ކޮމްޕްލެކްސް" އެއްގެ ގޮތުގައެވެ. މި ކޮމްޕްލެކްސްގައި ވަކިވަކި ފެކަލްޓީތަކުގެ އިތުރުން، ދަރިވަރުން ތިބޭނެ ދަނާލާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހިމެނޭ ރެކްރިއޭޝަން ވަސީލަތްތައް ވެސް ގާއިމްކުރެވޭނެއެވެ. މި މަޝްރޫޢު ނިމުމުން، މިހާރު މާލޭގައި ހުރި ބައެއް ފެކަލްޓީތައް ހުޅުމާލެއަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކެމްޕަހުގެ އިތުރުން، ފުރަތަމަ ފިޔަވަހީގައި އައިޔޫއެމްއިން ތަރައްޤީކުރާ 8 ފަންގިފިލާގެ "ސަނާބީލް" އިމާރާތުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. މި އިމާރާތް އަންނަ ސެޕްޓެމްބަރު މަހު ހުޅުވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އަތޮޅުތެރޭގައި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އައިޔޫއެމްއިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ކެމްޕަސްތައް ބިނާކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި އަތޮޅުތައް ހިމެނޭހެން 11 ރަށެއްގައި ކެމްޕަސްތައް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު