އަޒަރުބައިޖާން-
އަޒަރުބައިޖާން-
ދިވެހިންނަށް ކުރިއާލައި ވިސާ ނެގުމަކާ ނުލައި އަޒަރުބައިޖާނަށް ދަތުރުކުރެވޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ވެފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި ބަދަލާއެކު، ދިވެހި ރައްޔިތުންނަށް އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި އެ ގައުމުގައި މަޑުކުރެވޭނެއެވެ.

މި އިންތިޒާމަކީ ދިވެހި ސަރުކާރާއި އަޒަރުބައިޖާން ސަރުކާރާ ދެމެދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ހަމަޖެހުނު ކަމެކެވެ.

މީގެ ކުރިން، މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އެ ގައުމަށް ދަތުރުކުރެވޭ ގޮތް ހަދާފައެވެ. ނަމަވެސް މިއަދުން ފެށިގެން މި ލުއި މިވަނީ އާދައިގެ ޕާސްޕޯޓު ގެންގުޅޭ ހުރިހާ ދިވެހިންނަށްވެސް ފުޅާކޮށްފައެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، 90 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމު އުނގެނުމަށާއި ވިޔަފާރި ކުރުމަށް އެ ގައުމަށްދާ ފަރާތްތަކުން، ދަތުރުކުރުމުގެ ކުރިން އެކަމަކަށް ކަނޑައެޅިފައިވާ ޚާއްޞަ ވިސާ ހޯދަންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު