މިއަދު މެންދުރުގެ ވަގުތެއްގައި އަޅުގަނޑަށް ފެނުނީ ހިތަށް ވަރަށް އުނދަގޫ ކުރުވި މަންޒަރެކެވެ. ގޭ ކައިރީ ހުރި ފިހާރައަކަށް ވަތްއިރު، ސްކޫލް ޔުނިފޯމްގައި ހުރި ކުޑަ ކުއްޖަކު އެނަރޖީ ޑްރިންކެއް ގަންނަން އުޅުނެވެ. ސޭޓު އެ އެއްޗެއް ނެތް ކަމަށް ބުނުމުން، އެ ކުއްޖާގެ މޫނުމަތިން ފެނުނު މޮޅިވެރިކަމާއި މާޔޫސްކަމާއެކު އަޅުގަނޑުގެ ހިތަށް ވެރިވީ ހިތްދަތި އިޙްސާސްތަކެކެވެ. އަޅުގަނޑު ދެރަވީ އެ ބުއިން ފިހާރައިގައި ނެތުމަކުން ނޫނެވެ. ނަމަވެސް، މަައިންބަފައިންގެ ލޮލުގެ ނޫރު ފަދަ ކުޑަ ކުއްޖަކު، އެނަރޖީ ޑްރިންކަށް ދެވިހިފާފައިވާ މިންވަރު ފެނުމުންނެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި، ހާއްސަކޮށް ޒުވާނުންނާއި ސްކޫލް ކުދިންގެ މެދުގައި އެނަރޖީ ޑްރިންކްސް ބޭނުންކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ އެކުދިންގެ ސިއްހަތާއި، އަހުލާގާއި އަދި މުސްތަގުބަލަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިފަދަ ބުއިންތަކުގައި ހަކުރާއި ކެފެއިންގެ މިންވަރު ހުންނަނީ އިންތިހާއަށް މަތީގައެވެ. ވަގުތީ ގޮތުން ހަކަތައެއް ލިބުނު ކަމަށް އިހުސާސް ކުރެވުނަސް، އޭގެ ސަބަބުން ކުދިން މާބޮޑަށް ނުތަނަވަސްވުމާއި، ހާސްވުމާއި، އަދި ކްލާސްތަކުގައި ފިލާވަޅަށް ސަމާލުކަން ދިނުމަށް ދަތިވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. ގަވާއިދުން މިތަކެތި ބޭނުންކުރުމުން ނިދުމުގެ އާދަތަކަށް ބަދަލު އައިސް، އަބަދު ވަރުބަލިކަން އިހުސާސް ކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެއެވެ.
ދެވަނަ ކަމަކީ މިކަމުގެ ސަބަބުން ކުދިންގެ އަޚްލާގަށް ކުރާ ނޭދެވޭ އަސަރެވެ. ހަކަތަ ލިބިދޭ ކަމަށް ޤަބޫލު ކުރެވޭ ބުއިންތަކަށް ދެވިހިފުމަކީ، އޭގެ ފަހުން އެއަށްވުރެ ވަރުގަދަ ނުރައްކާތެރި ތަކެއްޗަށް ކުދިންގެ ޝައުގުވެރިކަން އެނބުރިދާ ކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެއްޗާ ދިމާލަށް ކުދިން ގެންގޮސްދޭ މަގަކަށް ވެދާނެއެވެ. ޅައުމުރުގައި މިފަދަ ކަންކަމުގެ ނުރައްކާތެރިކަން އެކުދިންނަށް އިހުސާސެއް ނުކުރެވޭނެއެވެ.
ޖިސްމާނީ ސިއްހަތަށް ބަލާއިރު، މާބޮޑަށް ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ބަރުދަން އިތުރުވުމާއި، ދަތްތައް ހަލާކުވުމަކީ ހަކުރުބަލީގެ އެއްމެ އާއްމު އެއް އަލާމާތެވެ. މިހާރު މިކަމާ މެދު ނުވިސްނައިފިނަމަ، ކުއްޖާ ބޮޑުވެގެން ޒަވާޖީ ހަޔާތެއް ފަށާއިރު އޭގެ ނޭދެވޭ އަސަރު މުޅި ދިރިއުޅުމަށް ކުރާނެކަން ކަށަވަރެވެ. ކެފެއިން އާއި ކެމިކަލްތަކުގެ ސަބަބުން ލޮލުގެ ފެނުމަށާއި، ހިތުގެ ވިންދަށާއި ނާރުގެ ނިޒާމަށް ކުރާ ބާރަކީ ހެދިބޮޑުވަމުން އަންނަ އުމުރުގައި ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
މިކަމުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑެވެ. ސްކޫލް ކުދިންނަކީ އަމިއްލަ އާމްދަނީއެއް ލިބޭ ބައެއް ނޫނެވެ. އެކުދިން މިފަދަ ބުއިންތައް ގަންނަނީ ބެލެނިވެރިން ދޭ ފައިސާއިންނެވެ. އެހެންކަމުން، ގޭތެރެއިން މިކަންކަން ހުއްޓުވަން ޖެހެއެވެ. ހަމައެއާއެކު، ސްކޫލްތަކުން ވެސް ހަމައެކަނި ތައުލީމީ ނަތީޖާއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ދަރިވަރުންގެ ސިއްހަތާއި އަހުލާގަށް ވިސްނަން ޖެހެއެވެ. ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވުމުން، އެހެނިހެން އިޖުތިމާއީ ގުޅުންތަކަށް ކުދިންގެ ޝައުގުވެރިކަން މާބޮޑަށް އިސްކަންދެވޭ ގޮތްވެއެވެ. ހަރުދަނާ އިރުޝާދެއް ނެތި، ޅައުމުރުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ހައްދު ފަހަނައަޅައި ދިއުމަކީ ކިޔެވުމާއި ޢުމުރާ އެކަށޭނެ ޒިންމާތަކުން ކުދިން މަގުއޮޅިގެންދާ ކަމެކެވެ.
އެހެންކަމުން އެނަރޖީ ޑްރިންކްސް އަކީ ކިޔަވާ ކުދިންނަށް އެއްގޮތަކަށް ވެސް އެކަށީގެންވާ އެއްޗެއް ނޫނެވެ. ބެލެނިވެރިންނާއި، ސްކޫލްތަކާއި، މުޅި މުޖުތަމައު ގުޅިގެން ކުދިންނަށް ރަނގަޅު މަގު ދައްކައި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ސިއްހަތު ސަލާމަތުން ހުރި، ތަރުބިއްޔަތުވެފައިވާ ބަޔަކަށް ހެދޭނީ އޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު