ތުރުކީގެ ކަހްރަމަންމަރާޝްގެ ސްކޫލަކަށް މިދިޔަ އެޕްރީލް މަހު ދިން ބަޑީގެ ހަމަލާއެއްގައި ޒަހަމްވި އުމުރުން 11 އަހަރުގެ އަލްމީނާ އާގައޯގްލޫ، އަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެއްޖެއެވެ.
މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އޭޕްރީލް 15 ގައެވެ. އަލްމީނާގެ ބޮލަށް ދެ ފަހަރަށް ބަޑިން ހަމަލާދީފައިވާއިރު، އެކުއްޖާ ނިޔާވީ އައިސީޔުގައި ފަރުވާދެމުންގެންދާތާ 18 ދުވަސްވީހުންނެވެ. އެކުއްޖާ ނިޔާވުމާ ގުޅިގެން މި ހަމަލާގައި މަރުވި މީހުންގެ ރަސްމީ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.
އަލްމީނާއަކީ މި ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބި، ފުރާނަ ސަލާމަތް ކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންދިޔަ ކުދިންގެ ތެރެއިން ކުއްޖެކެވެ.
މުޅި ތުރުކީ ސަލާމަތްތެރިކަމާ މެދު ސުވާލު އުފައްދައި، ކަންބޮޑުވުމުގެ ތެރެއަށް ވައްޓާލި މި ހަމަލާއަށްފަހު، އަލްމީނާގެ ވަކިވުމާއެކު އެ ގައުމުގެ ގިނަ ބަޔަކު ދަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ހަމަލާއަކީ އެ ގައުމުގެ ތާރީހުގައިވެސް ސްކޫލަކަށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ކިޔުންތެރިންގެ ހިޔާލު