ރާއްޖެއިން ބޭނުންވާ ގިނަ ބޭސްތައް ލިބުން ދަތިވެފައިވާ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި، އެކަން މެދުވެރިވާ ސަބަބުތައް ހޯދައި ހައްލުކުރަން ޖެހޭ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެ އެވެ.
ޒީނިޔާ މިހެން ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައެވެ. މި މައްސަލައަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކޮމިޓީން ބަލަމުންދާ މައްސަލައެކެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، އާސަންދަ ސްކީމުގެ ދަށުން ދޫކުރާ ބޭސްތައް އާންމުންނަށް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ގަބޫލުކުރަށްވާ ކަމަށެވެ. "އަޅުގަނޑު ވެސް ހަމަ ގަބޫލުކުރަން ބޭހެއް ނުލިބޭ މީހުންނަކަށް." އޭނާ ވިދާޅުވި އެވެ.
ޒީނިޔާ ވިދާޅުވީ، ބޭސް ފިހާރަތައް ރަޖިސްޓްރީ ކުރާއިރު ހުންނަންޖެހޭ ޒަރޫރީ ބޭސްތަކުގެ ލިސްޓު ޗެކު ނުކުރެވޭ މައްސަލައަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެ ލިސްޓުގައި ހުންނަ ބޭސްތައް ނެތް ނަމަވެސް، ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައި އޮންނާތީ ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޒީނިޔާ ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ގިނަ ބޭސްތައް ރާއްޖެއަށް އެތެރެ ނުކުރުމާއި، ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގެ ތަފާސްހިސާބު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތުމާއި، ބްރޭންޑްތައް އަވަހަށް ބަދަލުވެ އެއް ބްރޭންޑެއްގެ ބޭސް ދާއިމީކޮށް ލިބުން ދަތިވުމާއި، އާސަންދައިގެ ދަށުން ބައެއް ފާމަސީތަކުން ފެންވަރު ދަށް ބޭސް ދޫކުރުމާއި، އަގުހެޔޮ ބޭސް ދޫކުރުމަށްފަހު އާސަންދައަށް އަގުބޮޑުކޮށް ޗާޖުކުރުމާއި، ބޭހުގެ އަގު ކޮންޓްރޯލް ކުރާނެ ނިޒާމެއް ނެތުމުން 500 ނުވަތަ 600 އިންސައްތައިގެ ފައިދާ ނަގައިގެން ބޭސް ވިއްކުން ހިމެނެއެވެ.
ޒީނިޔާ ވިދާޅުވީ އާސަންދަ ސްކީމުގެ ދަށުން 3000 އަށްވުރެ ގިނަ ބޭސް ކަވަރުކުރާ ކަމަށާއި، 800 އަށްވުރެ ގިނަ ފާމަސީން ބޭސް ދޫކުރާ ކަމަށެވެ. ނަމަވެސް، އާންމުންނަށް ބޭސް ނުލިބޭ މައްސަލައަކީ ގައުމީ ފެންވަރުގައި ބަލަންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ.
ހަމައެއާއެކު، އާސަންދައިގެ ބޯޑު ހަރުކޮށްގެން ތިބެ، އެ ސްކީމުގެ ދަށުން ބޭސް ދޫނުކުރާ ބޭސް ފިހާރަތަކާމެދު ވަރަށް އަވަހަށް ފިޔަވަޅު އަޅަން ފަށާނެ ކަމުގެ އިންޒާރު ވެސް އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މިއަދު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު