މަރްޔަމް ނަހްދާ ވަޙީދު   24 އޮކްޓޯބަރު 2026 - 12:58
ލަންކާއިން ރާއްޖެއަށް ބޭސް ހަދިޔާ ކުރުން،
ލަންކާއިން ރާއްޖެއަށް ބޭސް ހަދިޔާ ކުރުން،
އަވަށްޓެރި ސްރީ ލަންކާ ސަރުކާރުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ އަސާސީ ބޭސް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެހީގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 5 މިލިއަން ސްރީލަންކަން ރުޕީސް (ދިވެހި ފައިސާއިން ގާތްގަނޑަކަށް 233،000ރ.) އެވެ.

ކޮލޮމްބޯގައި ހުންނަ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބޭސްތައް ރަސްމީކޮށް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ.

މި ތަކެތި ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސައެވެ. އަދި ދިވެހި ދައުލަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.

ލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ ހެލްތު މިނިސްޓަރު ގީލާ އަލީ އެ ގައުމުގެ ސަރުކާރުގައި އެދިވަޑައިގެންނެވި އެދިވަޑައިގަތުމަކަށް އިޖާބަދީ، ރާއްޖޭގެ ސިއްހީ ހިދުމަތްތަކަށް އެހީތެރިވުމުގެ ގޮތުން ފޯރުކޮށްދިން އަސާސީ ބޭހުގެ ޝިޕްމަންޓެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް