ރާއްޖެއަށް ކުރިމަތިވެފައިވާ ބޭސް ލިބުމުގެ ދަތިކަން ހައްލުކޮށް، މެދުކެނޑުމެއްނެތި ބޭސް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގެ އެންމެ މަގުބޫލު ބޭސް އުފައްދާ ކުންފުނިތަކާއެކު އެއްބަސްވުންތައް އެކުލަވާލައި، ކުރިއާލައި ބޮޑެތި ސްޓޮކްތައް އެތެރެކުރުމުގެ މަސައްކަތް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީން ގެނެސްދިން ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޑރ. ޝާހު މާހިރު ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތައް ކަމަށްވާ ސެނަފީ އަދި އެސްޓްރާޒެނެކާ ފަދަ ބޮޑެތި މަލްޓިނޭޝަނަލް ކުންފުނިތަކާއެކު މިހާރު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އިތުރު ކުންފުނިތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އަމާޒަކީ ދިވެހިންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަސްލު ބޭހާއި ވެކްސިން ފަސޭހަކަމާއެކު އަދި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޔޫއެންޑީޕީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތައް މެދުވެރިކޮށްވެސް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބޭހުގެ މާކެޓް އޮތް ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހު ފާހަގަކުރެއްވީ، ރާއްޖެ އެތެރެކުރާ ބޭހުގެ 70 އިންސައްތަ ކޮންޓްރޯލް ކުރަނީ އަމިއްލަ ފަރާތްތަކުން ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ ވޭތުވެދިޔަ އެކި ވެރިކަންތަކުގައި އެދެވޭ ގޮތެއްގައި ހައްލު ހޯދިފައިނުވާ މައްސަލައެއް ކަމަށާއި، މިކަމަށް ހާއްސަ ދައުލަތުގެ ކުންފުންޏެއް އުފެއްދުމަކީ ކުރީގެ ސަރުކާރުތަކުން ފަސްޖެހިފައި އޮތް ކަމެއް ކަމަށް ވިދާޅުވިއެވެ.
ސިއްހީ ނިޒާމުގެ ރައްކާތެރިކަމަށާއި އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏެއް މެދުވެރިކޮށް މި ދާއިރާގެ ކޮންޓްރޯލް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، އެ މަސައްކަތް ކުރިއަށްދާނީ އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނޭހެން އެ ފަރާތްތަކާ ވެސް ގުޅިގެން ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން އެތެރެކުރާ ބޭސްތައްވެސް ސަރުކާރުގެ ފާމަސީތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާތައް ދަނީ ހިނގަމުންނެވެ.
ބޭހުގެ އަގުތައް އިންތިހާއަށް އުފުލިފައިވާ މައިގަނޑު ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ސީއީއޯ ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް ބޭސް ގެނައުމާއި، ކުދިކުދި އޯޑަރުތައް ދީގެން އެތެރެކުރުމަކީ ބޭހުގެ އަގު މައްޗަށް ދާ މައިގަނޑު ސަބަބު ކަމަށެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކުރިއަށް އޮންނަ އަހަރަށް ބޭނުންވާ އަސާސީ ބޭސްތަކުގެ މިންވަރު ދުރާލައި ހިސާބުކޮށް، އަހަރު ނިމުމުގެ ކުރިން އެއްފަހަރާ ބޮޑެތި ޝިޕްމަންޓްތަކުގައި ބޭސް އެތެރެކުރުމެވެ.
ސްޓޭޓް ފާމާގެ އަމާޒަކީ ހަމައެކަނި އަގުހެޔޮ ޖެނެރިކް ބޭސްތައް ގެނައުން ނޫން ކަމަށާއި، ބައިނަލްއަގުވާމީ މަތީ ފެންވަރުގެ ބްރޭންޑެޑް ބޭސްތައް ވެސް ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައި ޑރ. ޝާހު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު