2026 މާރިޗު 27 ވަނަ ދުވަހު، އާންމު ނަމުން ނަމަ "ބަލެން" ގެ ގޮތުގައި މަޝްހޫރުވެފައިވާ ބަލެންދުރަ ޝާހް، އުމުރުން އެންމެ 35 އަހަރުގައި ނޭޕާލުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައި، އެ ޤައުމުގެ ތާރީޚުގައި އެ މަގާމު ފުރުއްވާ އެންމެ ޒުވާން ބޭފުޅާގެ ޝަރަފު ހޯއްދެވިއެވެ.
މާރިޗު 5 ގައި ބޭއްވި އިންތިޚާބުގައި އޭނާގެ ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރް.އެސް.ޕީ) އިން ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއީ 1999 ވަނަ އަހަރަށްފަހު އެއް ޕާޓީއަކުން ޕާލަމަންޓުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ. އެ ޕާޓީން ވަނީ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްފައެވެ.
1990 އޭޕްރީލް 27 ގައި ކަތުމަންޑޫގެ ނަރަދޭވީއަށް އުފަންވި ޝާހަކީ މައިތިލީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ބޮޑުވީ މެދުފަންތީގެ އާދައިގެ އާއިލާއެއްގައެވެ. އޭނާގެ ބައްޕައަކީ އަޔުރުވެދިކް ބޭސްވެރިއެކެވެ. ޝާހަކީ ސްޓްރަކްޗަރަލް އިންޖިނިއަރެކެވެ. އޭނާ ބެޗްލާސް ޑިގްރީ ހާސިލްކުރެއްވީ ކަތުމަންޑޫގެ ހިމަލަޔަން ވައިޓް ހައުސް އިންޓަނޭޝަނަލް ކޮލެޖުންނެވެ. އަދި މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އިންޑިއާގެ އެން.އައި.ޓީ.ޓީ.އީ ޔުނިވަރސިޓީންނެވެ. މީގެ އިތުރުން، އޭނާ ވަނީ ތާރީޚީ ބިނާތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ޕީ.އެޗް.ޑީ އަށް ދިރާސާ ކުރައްވަން ފަށްޓަވާފައެވެ.
ސިޔާސީ ދާއިރާއަށް ވެދެވަޑައިގަތުމުގެ ކުރިން ޝާހަކީ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރެޕް ކުރާ ފަންނާނެކެވެ. އޭނާގެ ލަވަތަކުގެ މާނަފުން ލަފުޒުތަކުން ކޮރަޕްޝަނާއި، ތަފާތުކުރުންތަކާއި، ޒުވާނުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. "ސަޑަކް ބާލަކް" (މަގުމަތީގެ ކުއްޖާ) ފަދަ ލަވަތަކާއި 2013 ގައި ރެޕް ކުރިމަތިލުންތަކުން ހޯދި ކާމިޔާބީތަކާއެކު، އޭނާ ވެގެންދިޔައީ ނޭޕާލުގެ ޒުވާން ޖީލުގެ މެދުގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތަކަށެވެ.
2022 ވަނަ އަހަރު އަމިއްލަ ގޮތުން ވާދަކުރައްވައި، ކަތުމަންޑޫގެ މޭޔަރުކަން ކާމިޔާބު ކުރައްވައި އޭނާ އެންމެން ހައިރާންކޮށްލިއެވެ. ކުނި މެނޭޖުކުރުމާއި، ސިޓީގެ ތަރައްޤީއާއި، ބިއުރޯކްރަސީއާ ދެކޮޅަށް ކުރެއްވި މަސައްކަތްތަކުން ޒުވާނުންގެ ބޮޑު ތާއީދެއް އޭނާ ހޯއްދެވިއެވެ.
ޝާހް ގައުމީ ލީޑަޝިޕަށް ވަޑައިގެންނެވީ ވަރަށް ވަރުގަދަ ހާދިސާތަކަކަށް ފަހުގައެވެ. 2025 ސެޕްޓެމްބަރުގައި ކޮރަޕްޝަނާ ދެކޮޅަށް ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން އޭރުގެ ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވަން ޖެހުނެވެ. އެއަށްފަހު ބޭއްވި އިންތިޚާބުގައި، ކޮރަޕްޝަނާ ދެކޮޅު، ހަރުދަނާ ވެރިކަމެއްގެ ވައުދާއެކު ޝާހްގެ ޕާޓީން ކުރި ހޯދިއެވެ. އޭނާ ވަނީ ތަޖުރިބާކާރު ލީޑަރު ކޭ.ޕީ ޝަރުމާ އޮލީގެ ދާއިރާއިން އޭނާ ބަލިކުރައްވާފައެވެ. އޭނާގެ 15 މެންބަރުންގެ ކެބިނެޓަކީ ނޭޕާލްގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ޒުވާން ކެބިނެޓެވެ. އޭގެ ތެރެއިން ގިނަ ވަޒީރުންނަކީ އަލަށް އެފަދަ މަގާމުތަކަކާ ހަވާލުވި ބޭފުޅުންނެވެ.
"ވީ.އައި.ޕީ ސަގާފަތާ" ދެކޮޅަށް ތެދުވުންވީ ބޮޑުވަޒީރު ޝާހްގެ އެންމެ މުހިންމު އެއް އަމާޒަކަށެވެ. ނޭޕާލުގައި އަށަގަނެފައިވާ ވީ.އައި.ޕީ ސަގާފަތް އޮތީ. ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން، ނޭޕާލުގެ ސަރުކާރުގެ އިސްވެރިންނަށް ޚާއްސަ އިނާޔަތްތަކާއި، މަގުމަތީގެ ރައްކާތެރިކަމާއި، އާންމު ރައްޔިތުންނާ ތަފާތުކޮށްދޭ ގިނަ އިމްތިޔާޒުތަކެއް ލިބިދީފައެވެ. ޝާހް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ޚާދިމުންނަކީ ރައްޔިތުންނަށްވުރެ މަތީގައި ތިބެންޖެހޭ ބައެއް ނޫން ކަމަށެވެ. މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ފުރަތަމަ ދުވަސްތަކުގައި ވެސް ޝާހް ވަނީ ވީ.އައި.ޕީ އިމްތިޔާޒުތައް މަދުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
އާންމުންގެ ޝުއޫރު ޝާހްގެ މި ނިންމެވުންތަކަށް ޒުވާނުންނާއި ސިޓީތަކުގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ތާއީދެއް ލިބެމުންދެއެވެ. ސޯޝަލް މީޑިއާގެ ސަބަބުން މި މެސެޖުތައް ވަރަށް އަވަހަށް ފެތުރިގެން ދިޔަ ނަމަވެސް، ބައެއް ކަންކަން އޮޅޭ ގޮތަށް ވެސް ޚަބަރު ފެތުރިފައިވެއެވެ. އޭގެ ތެރޭގައި ނޭޕާލުގެ ހުރިހާ ސަރަހައްދެއްގައި ވީ.އައި.ޕީ ޚިދުމަތްތައް މުޅިން ހުއްޓާލާފައިވާ ކަމަށް ބުނެ ފެތުރުނު ޚަބަރުތައް ހިމެނެއެވެ. ނަމަވެސް، މުޅި ޤައުމީ ފެންވަރުގައި މިފަދަ ބަދަލެއް ގެނައުމަކީ ފެޑަރަލް ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ކަމަކަށްވާތީ، މިހާތަނަށް މުޅި ޤައުމުން އެ ޚިދުމަތްތައް އުވާލިކަން ކަށަވަރުވެފައެއް ނުވެއެވެ.
ބަދަލުގެ ރަމްޒެއް ޤާނޫނީ ގޮތުން ބޮޑެތި ބަދަލުތަކެއް އަދި ނައީ ނަމަވެސް، ޝާހްގެ ލީޑަޝިޕަކީ ރައްޔިތުންގެ އުންމީދުތަކަށް އައި ބޮޑު ބަދަލެކެވެ. ހަމަހަމަކަމާއި ޖަވާބުދާރީވުމަށް އޭނާ ބާރުއަޅުއްވާ މިންވަރުން، ވެރިކަން ކުރުމުގެ ނިޒާމާ މެދު އާންމުން ދެކޭ ގޮތް ވަނީ ބަދަލުވާން ފަށާފައެވެ.
ކުރިއަށް ހުރި ގޮންޖެހުންތައްބޮޑު ތާއީދަކާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޝާހްގެ ކުރިމަތީގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ކޮރަޕްޝަނާއި، ވަޒީފާ ނެތް މީހުންގެ މައްސަލަތަކާއި، ބޭރު ޤައުމުތަކާ އޮންނަ ގުޅުންތައް ބަދަހިކުރުމަކީ އޭނާ ކުރައްވަން ޖެހިވަޑައިގަންނަވާނެ ބުރަ މަސައްކަތްތަކެކެވެ.
ބަލެންދުރަ ޝާހަކީ ނޭޕާލުގެ ސިޔާސީ މަސްރަހަށް އައި ޖީލީ ބަދަލެއްގެ ރަމްޒެކެވެ. ރެޕަރެއްގެ ގޮތުން ފެށި ދަތުރު، އިންޖިނިއަރަކަށްވެ، މޭޔަރުކަން ކުރެއްވުމަށްފަހު، ޤައުމުގެ އެންމެ ޒުވާން ބޮޑުވަޒީރަށް ވެވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އޭނާގެ 100 ނުކުތާގެ އެޖެންޑާއާއި، ވީ.އައި.ޕީ އިމްތިޔާޒުތައް ނައްތާލުމުގެ އަޒުމާއެކު، ނޭޕާލްގެ މުސްތަގުބަލު އުޖާލާވާނެ ކަމަށް އެތައް މިލިއަން ރައްޔިތުންނެއް މިއަދު އުންމީދު ކުރެއެވެ. މި ވައުދު ތައް ފުރިހަމަވާވަރު މަސައްކަތް ދާވަރު ކޮންމެ ރައްޔިތަކަށް ވަގުތުން ބަލާލެވޭނެއެވެ.
މިއީ ދެންތިބި ވެރިން މިސާލު ނަގަންޖެހޭ ވަރުގެ ވެރިޔެއް، ބޮޑާވެ ކިބުރުވެރިވެފައި ތިބޭވެރިންނަކީ ރައްޔިތުން ބަލައިގަންނާނެ ބައެއްނޫން، ވެރިކަމަކީ ހަމަބިމަށް ފޭބިގެން ކުރެވޭނެ ކަމެއް، ބައެއް ޤައުމުތަކުގެ ވެރިން ތާކަށް ގޮއްސިއްޔާ ހިސާބުގަނޑު މީހުން ބަންދުކޮށް ކިރިޔާވެސް އިދިކޮޅު ބަހެއް ބުނާ އަޑު އިވިދާނެތީ އަނގައިގައި ޓޭޕް އަޅައި މިކުރެވެނި ވެރިކަމެއްނޫން މިއައް ކިޔާނީ އެހެން ކަމެއް.

ކިޔުންތެރިންގެ ހިޔާލު