ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ "މީޑިއާ ވިލެޖު"ގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މަސައްކަތް ހަވާލުކޮށްފައިވާ ވުޒާރާއަށް ބަދަލުތަކެއް އައި ނަމަވެސް، މަޝްރޫއުގެ ދުވެއްޔަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށާއި މިހާރު މަސައްކަތް އޮތީ ނިމުމާ ގާތްވެފައި ކަމަށެވެ.
މި މީޑިއާ ވިލެޖަކީ ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ބޮޑު ކުލީގައި އޮފީސްތައް ހިންގަންޖެހުމުން ކުރިމަތިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ހެދުމަށް ފެށި އިމާރާތުގައި ތަރައްގީކުރާ މި މީޑިއާ ވިލެޖުގައި 34 ޖާގަ ހިމެނޭއިރު، އެތަނުން ކުޑަ އަގެއްގައި މީޑިއާތަކަށް އޮފީހާއި ސްޓޫޑިއޯ ޖާގަ ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން "މަންހަޓަން ގްރޭންޑު"ގެ ނަމުގައި ތަރައްގީކުރާ މި އިމާރާތަކީ ސަރުކާރުގެ ތަރައްގީގެ އައު އިސްތިރާޖީ ތަޞައްވުރުގެ މުހިންމު ބައެކެވެ.
އެގޮތުން މި އިމާރާތުގެ ވަކި ފަންގިފިލާތަކެއް މީޑިއާ ވިލެޖުގެ އިތުރުން، ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއްގެ އިތުރުން ތަރިކަ ކޮލެޖެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމުމުން މިއަހަރުގެ މެދުތެރޭގައި މީޑިއާތަކަށް އެތަނުގެ ބޭނުން ހިފުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު