މުހައްމަދު ހުސައިން ޝަރީފް
މުހައްމަދު ހުސައިން ޝަރީފް
ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް، ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްގެ އިތުރުން ޚާރިޖީ ދާއިރާގެ ވެސް ތަޖުރިބާލިބިވަޑައިގެން ހުންނެވި މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އައްޔަންކުރެއްވުމާ ގުޅިގެން، ރާއްޖޭގެ ގިނަ ނޫސްވެރިން އެ ނިންމެވުމަށް މަރުހަބާ ކިޔައިފިއެވެ.





މުންދުގެ އައްޔަންކުރެއްވުމަކީ ސަރުކާރާއި މީޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ނޫސްވެރިން ސިފަކުރެއެވެ.

މިކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރި ބައެއް ނޫސްވެރިން ފާހަގަކުރި ގޮތުގައި، މުންދަކީ މީޑިއާގެ ދާއިރާއާ ގާތް ގުޅުމެއް ބާއްވަވާ އަދި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހަރަކާތްތެރި ބޭފުޅެކެވެ. އެހެންކަމުން، އޭނާގެ ދައުރުގައި ނޫސްވެރިންނަށް ބޭނުންވާ މަޢުލޫމާތުތައް އެއްވެސް ތަފާތުކުރުމެއް ނެތި، ހަމަހަމަކަމާއެކު ލިބިގެންދާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ނޫސްވެރިން ވަނީ ބުނެފައެވެ.





ޚާއްޞަކޮށް ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތައް ރައްޔިތުންނަށް ސާފުކޮށްދިނުމުގައި މުންދުގެ ތަޖުރިބާގެ ބޭނުން އަލީގައި، ނޫސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

މުންދު މި މަގާމަށް އައްޔަންކުރެއްވީ ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރުން އަވަސްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މީޑިއާއަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު