އއ. ރަސްދޫ
އއ. ރަސްދޫ
ދަގަނޑުބުރިއަކުން މީހަކަށް ހަމަލާދިން ޗައިނާގެ ދެ މީހަކު އއ. ރަސްދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 00:51 އެހައިކަންހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މާރާމާރީ ހިންގާފައިވަނީ އެ ރަށުގެ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ޗައިނާގެ ދެ ރައްޔިތުންނެވެ. މި ދެ މީހުން މީހަކަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ދަގަނޑުބުރިއެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް، މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު