ދިއްލީއަށް ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު: ރައީސް ސާލިހު މިވަގުތު ހުންނެވީ އިންޑިއާގައި
ދިއްލީއަށް ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު: ރައީސް ސާލިހު މިވަގުތު ހުންނެވީ އިންޑިއާގައި
އިންޑިއާގެ ވެރިރަށް ދިއްލީގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ލިބި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅަކީ، ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދަތުރުފުޅެއްގައި އިންޑިއާގައި ހުންނެވި ވަގުތެކެވެ.

މި އިންޒާރާ ގުޅިގެން ދިއްލީ ފުލުހުން ވަނީ ސިޓީގެ އެކި ސަރަހައްދުތަކުގައި ޗެކްޕޯސްޓްތައް އިތުރުކޮށް، ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ.

އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، ޓެރަރިސްޓުން އަމާޒުކުރަނީ އައި.އީ.ޑީ ބޭނުންކޮށްގެން މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކަށާއި މުހިންމު ބިނާތަކަށް ހަމަލާދިނުމަށެވެ. މީގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކާއި މަޝްހޫރު ބިނާތައް ހިމެނޭ ކަމަށް ލަފާކުރެވެއެވެ.

ޕާކިސްތާނުގެ އައި.އެސް.އައި އާ ގުޅުން އޮންނަ ޓެރަރިސްޓް މޮޑިއުލްއެއް ދާދި ފަހުން އަތުލައިގަނެފައިވާއިރު، މި ނުރައްކާތެރި ހާލަތާ ގުޅިގެން ދިއްލީ ވަނީ ހައި-އެލާޓަށް ގެނެސްފައެވެ.

ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، ސަލާމަތީ ބާރުތަކުން ދަނީ ބޭރުގެ އިއްޒަތްތެރިން ތިއްބަވާ ސަރަހައްދުތަކުގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު