ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ހަނިވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށް، ގާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށް މޯލްޑިވްސް ބާ ކައުންސިލުން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައިފިއެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ކްރިމިނަލް ކޯޓުގައި ހިނގި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކެއްގައި ނޫސްވެރިން ޖަލަށްލުމާއި، ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ފުޅާ ދާއިރާއެއްގައި ހުރަސްތައް ކުރިމަތިކުރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އަދި ޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން ބުނީ، އަދުލު އިންސާފު ގާއިމުކުރުމުގައި ޝަރުއީ ދާއިރާއާއި، ތަންފީޒީ އިދާރާތަކުން އަދާކުރާ ދައުރު މުހިންމު ނަމަވެސް، ދައުލަތުގެ ބާރުތައް ބޭނުންކުރަންވާނީ ގާނޫނުއަސާސީއާއި އިންސާފުވެރި އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ. ހާއްސަކޮށް، ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ބިންގާ ކަމަށްވާއިރު، އެ ހައްގުތައް ހަނިކުރެވޭނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން، ޒަރޫރީ މިންވަރަކަށް ކަމަށް އެ ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.
ކްރިމިނަލް ކޯޓުގައި ހިނގި މައްސަލައިގައި ނޫސްވެރިންނަށް އެކަށީގެންވާ ވަގުތާއި، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު ދީފައި ނުވާކަމަށް ބުނާ ރިޕޯޓްތަކާ މެދު ބާ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ އަދުލުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަން އަންނަ ކަމެއްގެ ގޮތުގައި އެ ކައުންސިލުން ސިފަކުރެއެވެ.
މި މައްސަލަތަކާ ގުޅިގެން ބާ ކައުންސިލުން ވަނީ އެޓާނީ ޖެނެރަލްއަށާއި، ޕްރޮސިކިއުޓާ ޖެނެރަލްއަށާއި، ކްރިމިނަލް ކޯޓަށް ރަސްމީ ސިޓީ ފޮނުވާފައެވެ. މި ސިޓީތަކުގައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާއި، މިނިވަން މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ގާނޫނީ ހަމަތަކަށް ބޯލެނބުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ވަނީ ގާނޫނީ އެހީތެރިކަން ބޭނުންވާ ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް، އެ ކައުންސިލްގެ "ޕްރޯ ބޯނޯ" (ހިލޭ ސާބަހަށް މަސައްކަތްކުރާ) ނިޒާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިއްތިފާގުން ނިންމާފައެވެ.
ބާ ކައުންސިލުން ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުންވެސް ގާނޫނުއަސާސީއާއި، އިންސާފުވެރި އިޖުރާއަތްތަކުގެ ދަމަހައްޓައި، ގާނޫނުގެ ސިޔާދަތަށް ފުރިހަމައަށް ބޯލެނބުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު