ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިންއަށް ދިޔަ ފަސް މީހުން މަރުވެފައި އޮށްވައި ފެނިއްޖެއެވެ.
ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:45 ގައި ކަމަށެވެ. އަދި އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުންވެސް މިހާރު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭގެއިތުރުން މިމީހުން ފެނުނުއިރުވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން މަޢުލޫމާތުދީފައެވެ.
"މި ހާދިސާގައި ނިޔާވެފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިން." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މިޙާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު