ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިންއަށް ދިޔަ ފަސް މީހުން މަރުވެފައި އޮށްވައި ފެނިއްޖެ ކަމަށް ބުނެ މީގެކުރިން މަޢުލޫމާތު ދެވުނީ އޮޅިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ އެންމެ ފުރަތަމަ ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 13:45 ގައި ކަމަށެވެ. އަދި އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު އިޓަލީ ފަސް މީހުންވެސް މަރުވެފައި އޮއްވައި މިހާރު ފެނިފައިވާކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
ނަމަވެސް ފަހުން ފުލުހުން ވަނީ އެއީ އޮޅިގެން ދެވުނު މަޢުލޫމާތެއް ކަމަށް ބުނެފައެވެ.
"ކުށެއްގެ އިސްލާހު: މި ހާދިސާގައި ގެއްލިފައިވާ އެންމެން ފެނިފައިވާކަމަށް ބުނެފައިވަނީ ހޯދުމުގެ މަސައްކަތް ކުރުމުން ދިޔަ މީހުންނަށް އެރި އޮޅުމަކުންންނެވެ. ފެނިފައިވަނީ އެކަކެވެ. އެހެންމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ." ފުލުހުން ބުނެފައިވެއެވެ.
އޭގެ ފަހުން ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައިވަނީ، ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައިވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.
"މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑެވެ. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުންނެވެ." ފުލުހުން ބުނެފައިވެއެވެ. ފުލުހުން ވަނީ، މި ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދިފައެވެ.
މިޙާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އެގޮތުން ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށާއި، މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
"އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިންނެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ބާކީ ތިބި ހަތަރު ޑައިވަރުން ތިބިކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
"މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައިވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުންނެވެ. ނަމަވެސް، މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑެވެ. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް…
— Maldives Police (@PoliceMv) May 14, 2026
މިޙާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އެގޮތުން ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށާއި، މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
"އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިންނެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިން ކަމަށާއި، ބާކީ ތިބި ހަތަރު ޑައިވަރުން ތިބިކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
"މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
އަދި މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު