ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ރައީސް މުޙައްމަދުގެ ނަޝީދުގެ ތާރިޚީ ބައްދަލުވުން ފަށައިފިއެވެ.

​ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުން މިއަދު ފެނިގެންދަނީ ވަރަށް ތަފާތު އަދި އެހާމެ ތާރީޚީ މަންޒަރެކެވެ. ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވަނީ ރަސްމީ މަޝްވަރާތަކަކަށް އެއް މޭޒެއްގެ ދޮށަށް ވަޑައިގެންފައެވެ.

​މާފަންނު ލާލްޕޫލްގޭގައި ހުންނަ 'ފަންކްޝަން ފައިވް' ގައު ކުރިއަށްދާ މި ބައްދަލުވުމަކީ، އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާއި ރައީސް ޔާމީން އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމެވުމަށްފަހު ބާއްވާ ފުރަތަމަ ރަސްމީ ބައްދަލުވުމެވެ. ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވާނެކަން ރައީސް ޔާމީން އިޢުލާނު ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.​ މި ބައްދަލުވުން ކުރިއަށްދަނީ މީޑިއާތަކަށް ހުޅުވާލައިގެން، ކެމެރާތަކުގެ ކުރިމަތީގައެވެ. ގައުމީ މުހިންމު ކަންކަމުގައި ތިން ރައީސުންގެ މެދުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ. މަޝްވަރާތަކަށްފަހު، ތިން ބޭފުޅުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަނީ ހަމަޖެހިފައެވެ.​މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އިދިކޮޅު ފިކުރުގެ އެންމެ ވަރުގަދަ ލީޑަރުން މިފަދަ ގޮތަކަށް އެއްގަލަކަށް އެރި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ސިޔާސީ އޮއިވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު