އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ތާއިދުކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަޙްމަދު ނަސީމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ކުރީގެ ތިން ރައީސުންނާއެކު މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލު ޖަވާބު ދެއްވަމުންނެެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ތާއިދުކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަޙްމަދު ނަސީމަށް ކަމަށާއި އޭނާ އަށް ތާއިދުކުރާކަން މީގެ ކުރިން ހާމަކުރައްވާފައިވާނެ ކަމަށެެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވި ނަމަވެސް މިއީ މީކާއިލް އަށް އެމަނިކުފާނު ތާއިދު އޮތް ކަން މިހާ ސާފުކޮށް އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.

" އަޅުގަނޑު މީކާއިލަށް ތާއިދުކުރާ ވާހަކަ އޮންނާނީ ބުނެފައި އެހިސާބުގައި މިކަން މިއޮތީ ރައީސް ނަޝީދު މިހާރު ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އެހެން ނަމަވެސް އަޅުގަނޑު ތާއިދު އޭރު އޮތްގޮތަށް އޮތީ އެއަކަށް ބަދަލެއް ނާދޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޞާލިޙް މީކާއިލް އަށް ތާއިދު ކުރައްވާކަން ހާމަކުރެއްވީ އެ އިންތިޚާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަކާއި ގުޅުވައިގެންނެވެެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަަމަށް ވާދަކުރައްވާއިރު ރައީސް ޞާލިހަކީ އެމަނިކުފާނާއި ދުރު ބޭފުޅެއް ނޫން ކަމަށެެވެ.



ކިޔުންތެރިންގެ ހިޔާލު