ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙުމަދު ޝިޔާމް މުޙައްމަދު
ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙުމަދު ޝިޔާމް މުޙައްމަދު
ގައުމުގެ ކަންކަން އިސްލާހުކުރުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޢަބްދުﷲ ޔާމީން، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިގެން ފެއްޓެވި މަސައްކަތްތަކަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަޙުމަދު ޝިޔާމް މުޙައްމަދު ނުސީދާ ރައްދެއް ދެއްވައިފިއެވެ.

މިނިސްޓަރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ "ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ" ކަމަށެވެ.

މި މެސެޖަކީ ސީދާ ކޮން ކަމަކާ ގުޅިގެން ކުރެއްވި މެސެޖެއްކަން ރަސްމީކޮށް ހާމަކުރައްވާފައި ނުވި ނަމަވެސް، މިއީ ރޭގެ ވަގުތެއްގައި ތިން ރައީސުން ބޭއްވި ބައްދަލުވުމާ ގުޅިގެން ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.

ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ބޭއްވި މި ބައްދަލުވުމަށްފަހު ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ސަރުކާރަށް ގޮވާލާފައިވަނީ ކޯޓު ޙުކުމަކާ ގުޅިގެން ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫހަކާ ދެކޮޅަށް ކޯޓުގައި ހިނގަމުންދާ ޝަރީޢަތެއް ހުއްޓާލުމަށެވެ.

ބަޔާން ނެރުއްވުމަށްފަހު ތިން ރައީސުން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި، ކޮންމެ މީޑިއާއަކަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު