ވ. އަތޮޅު ކައިރިއަށް ޑައިވްކުރަން އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފުން ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން މެދުކަނޑާލީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ މިއަދު ނިޔާވުމާ ގުޅިގެންނެވެ. އިޓަލީ ވިލާތުގެ އެހީތެރިކަމާއެކު، ފީނުމުގެ ޚާއްޞަ މާހިރުންގެ ޓީމެއް މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.މިދިޔަ ބުރާސްފަތި ދުވަހު ގެއްލުނު ފަސް ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ އެންމެ މީހެކެވެ. އެ މީހާ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ. ބާކީ ތިބި ހަތަރު މި ހާދިސާއާ ގުޅިގެން، ރެސްކިއު އޮޕަރޭޝަން މިހާރުން މިހާރަށް މަޑުޖައްސާލައި، ބޭރުގެ މާހިރުންގެ އެހީތެރިކަން ހޯދުމަށް ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، އިޓަލީ ސަރުކާރުގެ ހުށަހެޅުމަކަށް ފީނުމުގެ ޓެކްނިކަލް ތިން ތަޖުރިބާކާރަކު މާދަމާ ހެނދުނު ރާއްޖެ އަންނާނެ ކަމަށެވެ. މާދަމާ ރާއްޖެ އަންނަނީ އިޓަލީގެ އިތުރުން އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި އެމެރިކާ ސަރުކާރާ އެކު މަޝްވަރާކޮށްގެން އެކުލަވައިލި ޚާއްޞަ ޓީމެކެވެ.
"މާދަމާ މި އަންނަ ތިން އެކްސްޕާޓް ޑައިވަރުންނަކީ ފިންލޭންޑް ބައެއް. އެ ބޭފުޅުން މަސައްކަތް ކުރައްވާނީ އެމްއެންޑީއެފާ ގުޅިގެން،" ތަރުޖަމާނު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވި ގޮތުގައި، މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މިހާރު މަޑުޖައްސާލާފައިވާ ކަމަށެވެ. ނަމަވެސް މާދަމާ އަންނަ ފިންލޭންޑުގެ މާހިރުންނާ މަޝްވަރާކުރުމަށްފަހު، މި އޮޕަރޭޝަން ކުރިއަށް ގެންދާނެ އެންމެ ރައްކާތެރި ގޮތެއް އެމްއެންޑީއެފުން ނިންމާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު