މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ހާފް-ޓައިމްގައި ފުރަތަމަ ފަހަރަށް ބާއްވާ މިއުޒިކް ޝޯގެ މައި ފަންނާނުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ އިތުރުން ޕޮޕް ރާނީ މަޑޯނާ އަދި ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޝަކީރާ ހަމަޖައްސައިފިއެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އިން މިކަން އިއުލާނުކޮށްފައިވަނީ ކޯލްޑްޕްލޭގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިން އާއި މަޝްހޫރު ކެރެކްޓަރު "އެލްމޯ" ފެނިގެންދާ ވީޑިއޯއެއް މެދުވެރިކޮށެވެ. މި ޝޯގެ ފަންނާނުން ހޮވުމުގައި ކްރިސް މާޓިންއާއެކު "މަޕެޓް" ކްރޫގެ މަޝްހޫރު ކެރެކްޓަރުން ކަމަށްވާ މިސް ޕިގީ އާއި ކާމިޓް ދަ ފްރޮގް ވެސް ވަނީ ބައިވެރިވެފައެވެ.
މި ޝޯއިން ލިބޭ މުޅި އާމްދަނީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ "ފީފާ ގްލޯބަލް ސިޓިޒަން އެޑިއުކޭޝަން ފަންޑް" އަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންނަށް ފެންވަރު ރަނގަޅު ތައުލީމާއި ފުޓްބޯޅައިގެ ފުރުސަތުތައް ފަހިކޮށްދިނުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް ފީފާއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖުލައި 19 ވަނަ ދުވަހު އެމެރިކާގެ ނިއު ޖާޒީގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ގައުމު ކަމަށްވާ ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ކުޅޭ ފުރަތަމަ މެޗުތަކުގެ ކުރިން ބާއްވާ ރަސްމިއްޔާތުތަކަށް ވެސް ފީފާއިން ވަނީ ގިނަ ފަންނާނުންތަކެއް ހަމަޖައްސާފައެވެ.
މީގެ ތެރޭގައި ކެނެޑާގެ މަޝްހޫރު ފަންނާނުން ކަމަށްވާ މައިކަލް ބުބްލޭ، އެލެނިސް މޮރިސެޓް އަދި އެލެސިއާ ކާރާ ހިމެނެއެވެ. މި ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާނީ ޖޫން 12 ވަނަ ދުވަހު ޓޮރޮންޓޯގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރާ މެޗުގެ ކުރިންނެވެ.
ހަމަ އެ ދުވަހުގެ ފަހުގެ ވަގުތެއްގައި، ލޮސް އެންޖެލެސްގެ ސޯފައި ސްޓޭޑިއަމްގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ މައި ފަންނާނަކީ ކޭޓީ ޕެރީއެވެ. މީގެ އިތުރުން އެމެރިކާގެ ރެޕާ "ފިއުޗަރ" އާއި، ބަންގްލަދޭޝް-އެމެރިކާގެ ޑީޖޭ ސަންޖޯއީ ވެސް މި ހަރަކާތްތަކުގައި ބައިވެރިވާނެއެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ގްރޫޕް "ބްލެކްޕިންކް" އިން މަގްބޫލުކަން ހޯދާފައިވާ ތައިލެންޑުގެ ލަވަކިޔުންތެރިޔާ ލީސާގެ އިތުރުން، ޕެރަގުއޭގެ ފަންނާނެއް ކަމަށްވާ މަރިލީނާ ބޮގާޑޯ ވެސް މި މުބާރާތުގެ ތެރެއިން ފެނިގެންދާނެއެވެ.
މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ޖޫން 11 ވަނަ ދުވަހު މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމްގައި ބާއްވާ މެޗުގެ ކުރިން، މެކްސިކޯގެ މަޝްހޫރު ބޭންޑް "މަނާ" އާއި، އަލެހަންދްރޯ ފެނާންޑޭޒް، ބެލިންޑާ އަދި "ލޮސް އެންޖެލެސް އަޒޫލްސް" ގެ ހުށަހެޅުންތައް ފެންނާނެއެވެ. މި ރަސްމިއްޔާތުގައި ދެކުނު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓައިލާ ވެސް ބައިވެރިވާނެއެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ އިތުރު ފަންނާނުންގެ ތެރޭގައި ޖޭ ބަލްވިން، އަނީތާ، ޑެނީ އޯޝަން، އިލިއާނާ އަދި ވެޖެޑްރީމް ހިމެނެއެވެ. އަދި ކެނެޑާގެ ޖެސީ ރޭޒް، ނޯރާ ފަތޭހީ އަދި ވިލިއަމް ޕްރިންސް ވެސް ތަފާތު ހަރަކާތްތަކުން ފެންނާނެއެވެ.
ކެނެޑާގެ ޓޮރޮންޓޯގައި ޖޫން 12 ގައި ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ނެށުންތެރިޔާ ނޯރާ ފަތޭހީއާއެކު ގިނަ ފަންނާނުންތަކެއް ބައިވެރިވާނެއެވެ. ފީފާއިން ބުނާ ގޮތުގައި މި ރަސްމިއްޔާތު ފަރުމާކޮށްފައިވަނީ ކެނެޑާގެ ސަގާފަތާއި ރީތިކަން ރަމްޒުކޮށްދޭ ގޮތަށެވެ.
މި ހިތްގައިމު ރަސްމިއްޔާތުތައް ބަލާލުމަށްޓަކައި، މެޗު ފެށުމުގެ 90 މިނެޓު ކުރިން ސަޕޯޓަރުން ދަނޑަށް ވަނުމަށް ފީފާއިން ބާރުއަޅައެވެ. "ދި އެތުލެޓިކް" އިން ރިޕޯޓްކުރާ ގޮތުގައި މެކްސިކޯގެ ރަސްމިއްޔާތު 16 މިނެޓަށް ދެމިގެންދާއިރު، އެމެރިކާ އާއި ކެނެޑާގެ ރަސްމިއްޔާތުތައް ކުރިއަށްދާނީ 13 މިނެޓަށެވެ.
ފީފާއިން އެންމެ ފުރަތަމަ ހާފް-ޓައިމް ޝޯއެއް ބާއްވާފައިވަނީ 2025 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައެވެ. އެމެރިކާގައި އެންމެ ފަހުން ވޯލްޑް ކަޕެއް ބޭއްވި 1994 ވަނަ އަހަރަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ދަނޑަށް ވަން މުބާރާތެވެ. 2026 ވަނަ އަހަރުގެ ބޮޑު މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ.

ކިޔުންތެރިންގެ ހިޔާލު