އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައި، ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ބައްދަލުވުމަކީ އިންޑިއާ ކަނޑުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާ ގުޅޭގޮތުން ބޭއްވުނު މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.
މިފަހަރުގެ ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކާއި، މި ސަރަޙައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ޤައުމުތަކުގެ އިތުރުން ކަމާ ގުޅުންހުރި ޖަމުޢިއްޔާތަކުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތަކުގައި ކޮމިޝަންގެ 29 މެންބަރު ޤައުމަކާއި، ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ޤައުމެއްގެ އިތުރުން، އޮބްޒާވަރުންގެ ގޮތުގައި 2 ޤައުމަކުން ބައިވެރިވިއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ 26 ޖަމްޢިއްޔާއަކުންވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތައް ހިމާޔަތްކުރުމާއި، މަސްވެރިކަން ރާވައި ހިންގުމާ ގުޅޭގޮތުންނެވެ. ބައްދަލުވުން ނިންމާލިއިރު ޖުމްލަ 7 ޤަރާރެއް ފާސްކޮށްފައިވާއިރު، މީގެ ތެރެއިން 3 ޤަރާރަކީ ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި ޤަރާރުތަކެކެވެ.
ރާއްޖެއިން ހުށަހަޅައި ފާސްކުރި ޤަރާރުތަކުގެ ތެރޭގައި މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާއި، މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުން ހަރުދަނާކުރުމުގެ އިތުރުން، ބީ.ބީ.އެން.ޖޭ މުއާހަދާއާ ގުޅިގެން ކުރާ މަސައްކަތްތައް ލާޒިމުކުރުމުގެ ޤަރާރު ހިމެނެއެވެ.
މީގެ އިތުރުން، ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށް ފިޔަވަޅުތައް އެޅުމުގައިވެސް ރާއްޖެއިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މަސްވެރި ސިނާއަތް ކުރިއެރުވުމަށާއި، ދެމެހެއްޓެނިވި އުސޫލުން ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތެއްގެ ބޮޑުކަމުން ކަމަށެވެ.
މި ބައްދަލުވުމުގެ ސަބަބުން، ސަރަހައްދީ ފެންވަރުގައި މަސްވެރިކަން މެނޭޖްކުރުމުގައި ރާއްޖޭގެ ބަސްވިކޭ މިންވަރު އިތުރުވެ، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު