މިދިޔަ ބުދަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން، ކޯޓުން ބަންދު އިތުރުކުރި މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އެރޭ ޖުމްލަ 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ދެ އަންހެނުންނެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ މަރުހަލާގައި ދެ އަންހެނުންނާއެކު ޖުމްލަ 6 މީހަކު ވަނީ ދޫކޮށްލާފައެވެ. އަދި ބާކީ ތިބި 3 މީހުންގެ ބަންދަށް ކޯޓުން ވަނީ ތަފާތު މުއްދަތުތަކެއް ދީފައެވެ. އެގޮތުން އެކަކަށް 3 ދުވަސް، އެކަކަށް 5 ދުވަސް އަދި އަނެއް މީހާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ކަނޑައެޅިއެވެ.

ނަމަވެސް، ކޯޓުން 3 ދުވަހަށް ބަންދުކުރަން އަމުރުކުރި މީހާގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. މި މީހާ ދޫކޮށްލުމާއެކު، މިހާރު ފުލުހުންގެ ބަންދުގައި ތިބީ އެރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް 5 ދުވަހާއި 10 ދުވަސް ޖެހި ދެ މީހުންނެވެ.

މި އެއްވުމާ ގުޅިގެން ހިނގާދިޔަ ކަންތައްތަކާއި، ހައްޔަރުކުރި މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ



ކިޔުންތެރިންގެ ހިޔާލު