އެލްނީނޯގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ތޫފާނެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާ އެކު މިފަދަ ނުރައްކާތައް ކުރިމަތިވާ ގޮތް މިހާރު ބަދަލުވަމުންދާ ކަމަށް މޫސުމީ މާހިރުން ބުނެފިއެވެ.
ރާއްޖެ އަކީ އީކުއޭޓަރ (ސްޓްވައި ރޮނގު) ކައިރީގައި އޮންނަ ގައުމަކަށް ވުމުން، ތޫފާންތައް އުފެދުމަށް ބޭނުންވާ "ކޮރިއޮލިސް ފޯސް" ނުވަތަ ދުނިޔެ އެނބުރުމުގެ ބާރު އެ ސަރަހައްދުގައި ކުޑަވުމުގެ ސަބަބުން ބާރުގަދަ ތޫފާނެއް ރާއްޖެއަށް ސީދާ އެރުމުގެ ފުރުސަތު އާންމު ގޮތެއްގައި ވަރަށް ކުޑައެވެ.
ނަމަވެސް، ފަހަކަށް އައިސް ސްރީލަންކާގެ ދެކުނުން ކޮމޮރިން ކަނޑުގައި އުފެދޭ ކޮޅިގަނޑުތައް އަރަބި ކަނޑަށް ދަތުރުކުރާ މިސްރާބަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މީގެ ސީދާ އަސަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ.
ދުނިޔޭގެ ކަނޑުތަކުގެ ފިނިހޫނުމިނަށް އަންނަ ބަދަލެއް ކަމަށްވާ އެލްނީނޯގެ ސަބަބުން ކަނޑުގެ ލޮނގަނޑު އާދަޔާ ހިލާފަށް ހޫނުވެ، ތޫފާންތައް އުފެދުމަށް ބޭނުންވާ ހަކަތަ އިތުރުވެގެންދެއެވެ.
ކަނޑުގެ ފިނިހޫނުމިން 26 ނުވަތަ 27 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމަކީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދޭ ކޮޅިގަނޑުތައް ކުއްލިއަކަށް ބާރުގަދަ ތޫފާންތަކަކަށް ބަދަލުވުމަށް މަގުފަހިވާ ކަމެކެވެ.
މީގެ އިތުރުން، އެލްނީނޯގެ ސަބަބުން ރާއްޖޭގެ އިރުވައި މޫސުމާއި ހުޅަނގު މޫސުމުގެ ގަވާއިދަށް ބަދަލު އައިސް، ނުލަފާ ވިއްސާރަޔާއި ލަފާކުރަން ދަތި މޫސުމީ ގަދަފަދަ ހާދިސާތައް ހިނގުން އިތުރުވެއެވެ.
ތޫފާނެއްގެ މަރުކަޒު ސީދާ ރާއްޖޭގެ މަތިން ދަތުރު ނުކުރި ނަމަވެސް، އެލްނީނޯގެ ބާރުގައި ކައިރިންދާ ތޫފާންތަކުގެ ނުސީދާ އަސަރުތަކުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެއެވެ.
އެގޮތުން ތޫފާނުގެ ބޭރު ރާޅުބާނިތަކުގެ ސަބަބުން އުފެދޭ ގަދަ ވަޔާއި، އުދައެރުމާއި، ކަނޑުގެ ލޮނގަނޑު އުފުލިގެން ދިއުން ހިމެނެއެވެ.
ރާއްޖޭގެ ބިންތަކަކީ ކަނޑުގެ ލޮނގަނޑަށް ވުރެ އެވްރެޖްކޮށް އެއް މީޓަރު އުސް ބިންތަކަކަށް ވުމުން، މިފަދަ ތޫފާންތަކާ އެކު އަންނަ ތޫފާނީ ރާޅުތަކުގެ ސަބަބުން ރަށްރަށުގައި ބޮޑަަށް ފެންބޮޑުވެ، ބޯފެން ފަށަލައަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތެވެ.
އޭގެ އިތުރުން މިފަދަ ނިޒާމުތަކުގެ ސަބަބުން އާދަޔާ ހިލާފަށް ގިނައިން ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެލްނީނޯގެ ސަބަބުން އިތުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު