އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަތައް ވަރަށް ބޮޑަށް ބޮޑުކުރަން ނެޝަނަލް ޕޭ ކޮމިޝަނުން މިއަދު ނިންމައިފިއެވެ. މިއީ އަންހެނުންގެ ކޮމިޓީތަކަށް ލިބޭ އުޖޫރައަށް ގެނައި ތާރީޚީ ބޮޑު ބަދަލެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕޭ ކޮމިޝަނުން މި ބަދަލު ގެނައުމަށް ނިންމައި، އެކަން މިހާރު ވަނީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުވާފައެވެ.
މި އައު ބަދަލާއެކު، ސިޓީތަކުގެ އަންހެނުން ކޮމިޓީގެ ރައީސާއިންނަށް މުސާރައިގެ ގޮތުގައި 41،000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ އަންހެނުން ކޮމިޓީގެ ރައީސާއިންނަށް ލިބޭނީ 21،000 ރުފިޔާއެވެ. މީގެ ކުރިން ސިޓީތަކުގެ ރައީސާއިންނަށް 7،000 ރުފިޔާ އަދި ރަށްރަށުގެ ރައީސާއިންނަށް ލިބެމުން އައީ 6،000 ރުފިޔާއެވެ. އެހެންކަމުން، ސިޓީތަކުގެ ރައީސާއިންގެ މުސާރަ 34،000 ރުފިޔާ ބޮޑުވެފައިވާއިރު، ރަށްރަށުގެ ރައީސާއިންގެ މުސާރަ ވަނީ 15،000 ރުފިޔާ ބޮޑުވެފައެވެ.
ކޮމިޓީގެ އެހެނިހެން މަގާމުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު ސިޓީތަކުގެ ނައިބު ރައީސާއިންނަށް 7،000 ރުފިޔާ، ރަށްރަށުގެ ނައިބު ރައީސާއިންނަށް 6،000 ރުފިޔާ އަދި ސިޓީތަކުގެ ކޮމިޓީ މެންބަރުންނަށް 6،000 ރުފިޔާ ލިބޭނެއެވެ. ރަށްރަށުގެ ކޮމިޓީ މެންބަރުންނަށް ލިބޭނީ 5،000 ރުފިޔާއެވެ.
އަންހެނުންގެ ކޮމިޓީތަކުގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމަނިކުފާނު ވަނީ، މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެންފި ނަމަ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކޮށް، އެ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރުން އަންހެނުންގެ ކޮމިޓީތަކުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ރޯދަމަހު އެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމަށް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު