ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

​އެމްޑީޕީން ބޭއްވި "ބޮޑު ބަދަލު" ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލަސްތަކެއް ނުވެ ވެރިކަމާ އެމްޑީޕީން އަލުން ހަވާލުވާނެ ކަމަށެވެ. ރައީސ ނަޝީދު ވިދާޅުވީ މަޖިލީހުގެ ނާއިބް ރައީސް ނާޒިމްގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން ހުށައަޅާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެބޭފުޅާގެ ޕާޓީގެ އިތުބާރު މިދަރަޖައަކަށް ގެއްލިގެން އުޅޭ ސަބަބު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

​"އަޅުގަނޑަށް އެނގޭ އެއީ 23 ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރޮނގު ހުރަސް ކުރާތީވެ އާދެ، ނާޒިމާ އެކުގަ ރޮނގު ހުރަސްކުރަން އުޅޭތީވެ ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތްކަމަށް ވޯޓަށް ނަގަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރަައީސް މުޢިއްޒަކީ ގޮތެއް ނެތް ބޭފުޅެއް ކަމަށެވެ. އެމަނިކުފާނަކީ އެކުވެރިންނަށް ބޭވަފާތެރިވި ބޭފުޅެއް ކަަމަށް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު