މި ސަރުކާރުން ސިޔާސީ ބިރުވެރިކަން ނައްތާލައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދައިދީފައިވާ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދައިދީފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މިހާރު އެއްވެސް ސިޔާސީ ހަރަކާތްތެރިއަކަށް ބިރުދެއްކުމާއި އިންޒާރުގެ ނުރައްކަލެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ފާހަގަކުރެއްވިގޮތުގައި އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެއްވެސް ޖެހިލުމެއް ނެތި، ފުރިހަމަ މިނިވަންކަމާ އެކު ހަރަކާތްތެރިވުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލެވިފައެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކުން ސިޔާސީ ވާދަވެރިން ޖަލަށްލުމަކީ "ހޮބީއެއް" ގޮތަށް ކުރި ކަމެއް ނަމަވެސް، އެ ބަދަލުހިފުމުގެ ސިލްސިލާ މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުރި ނަމަވެސް، ގާނޫނާއި ގާނޫނުއަސާސީއާ ޚިލާފުވާ ނަމަ ފިޔަވަޅު އެޅޭނެ ކަމަށާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. ޑިމޮކްރަސީގެ ވަކާލާތުކުރާ ކަމަށް ދައުވާކުރާ އިދިކޮޅު ބައެއް ވެރިން (ޚާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި)، ގާނޫނީ އިމުން ބޭރުން އިންތިޚާބީ ސަރުކާރެއް ބަދަލުކުރަން އުޅުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު، އަދި ގައުމުގެ ހަމަޖެހުން ނަގާލަން ކުރާ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު