އެކިއެކި ސިޔާސީ ޕާޓީތަކުގެ "ތިން ރައީސުން" ހަމައެކަނި މޭޒެއްގެ ދޮށުގައި މަޝްވަރާކުރަން ތިބެގެން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ބަދަލުނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "ބޮޑު ބަދަލު" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ސިޔާސީ ޙަރަކާތްތަކުން ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ހަމައެކަނި މޭޒުދޮށުގައި ކުރާ މަޝްވަރާތަކަކުން ނޫން ކަމަށެވެ. އަދި ވެރިކަން ބަދަލުކުރުމަށްޓަކައި ރައްޔިތުންނާއި، ޚާއްޞަކޮށް ޒުވާނުން ގޮވައިގެން މަގުމައްޗަށް ނުކުމެ، ޢަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މިނުކުންނަނީ، އަޅުގަނޑުމެންނެއް ނުހުއްޓޭނެ. ޒުވާނުން ތިޔަ ކުދިން ގޮވައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައީސް މުޢިއްޒު ވެރިކަމުން ބާލާނަން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ވެރިކަން ބަދަލުކުރުމުގެ މަސައްކަތަކީ ގޭގައި ތިބެގެން ނުވަތަ ފަސްޖެހި ތިބެގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ކުރަންވާނީ ރާއްޖޭގައި ފިތުނަ އާއި ހަލަބޮލިކަން އުފައްދައިގެން ނޫން ކަމަށާއި، އެއީ ދުރު ވިސްނުމަކާއެކު، ސާބިތުކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މީގެ އިތުރުން، ޤައުމުގެ ކަންކަން އިޞްލާޙުކުރުމަށްޓަކައި އެކަމަށް އެންމެ އެކަށީގެންވާ ޤާބިލު މީހުން ކުރިއަށް ނެރެންޖެހޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ މިސާލެއް ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ވޮޝިންގ މެޝިނެއް ހަލާކުވުމުން އެ މެޝިން މަރާމާތުކުރަން ފަނޑިޔާރެއް ނުވަތަ ޑޮކްޓަރެއް ގެނެސްގެން ނުވާނެ ކަމަށާއި، އެއަށް ބޭނުންވާނީ އިލެކްޓްރީޝަނެއް ކަމަށެވެ. އެހެންކަމުން މިހާރު ޤައުމަށް ބޭނުންވަނީ ހަމައެކަނި ހިސާބު ބަލާނެ އެކައުންޓެންޓުންނެއް ނޫން ކަމަށާއި، ބޭނުންވަނީ ޢަމަލީ ގޮތުން ވެރިކަން ބަދަލުކޮށް ޤައުމު ހިންގާނެ ލީޑަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު