ދައުލަތުގެ ހިލޭ ސިއްހީ އިންޝުއަރެންސް، އާސަންދައިގެ ބިލްތައް އެކަނި ދެއްކުމަށްޓަކައި ބޮޑެތި ލޯނުތައް ނެގުމަކީ ދިގު މުއްދަތަކަށް ބަލާއިރު ލިބޭނެ ހައްލެއް ނޫން ކަމަށާއި، މިހާރު މިއޮތް ނިޒާމަކީ ކުރިއަށް އޮތްތަނުގައި ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ރާއްޖޭގެ އާސަންދަ ސިޔާސަތަށް އަލުން ވިސްނަން އެބަޖެހޭ ކަމަށެވެ. އަދި މިއަދު ގިނަ ބަޔަކު މިހާލަތުގެ ޝަކުވާ ކުރަމުން ދިޔަ ނަމަވެސް، ހަގީގަތުގައި ގިނަ މީހުންނަށް ވެސް މިހާރު މިއޮތް ނިޒާމު ކުރިއަށް ނުގެންދެވޭނެކަން ވިސްނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ މިސާލު ދައްކަވަމުން ފިރާގު ވިދާޅުވީ، މުއްސަނދި ގިނަ ގައުމުތަކުން ވެސް ވަކި ހަރުދަނާ ފަންޑިން ސްޓްރަކްޗާތަކެއް ނުވަތަ ލިމިޓެޝަންތަކެއް (އުސޫލުތަކެއް) ނެތި މުޅިން ހިލޭ ސިއްހީ ހިދުމަތް ނުދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބޭނުންވަނީ އިސްލާހުތަކާއި، ރަނގަޅު މެނޭޖްމަންޓާއި، އިޤްތިޞާދަށް މާބޮޑު ޕްރެޝަރެއް ނުކޮށް އަންނަން އޮތް ޖީލުތަކަށް އެހީތެރިވެދެވިދާނެ ދެމެހެއްޓެނިވި ސިއްޙީ ފަރުވާގެ މޮޑެލްއެއް،" ފިރާގު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި އާސަންދަ ނިޒާމަކީ ހަމައެކަނި ސިޔާސީ ގޮތުން "ވޯޓުބޭސް" އެއް (ވޯޓު ހޯދާނެ މަގެއް) އުފެއްދުމަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އާންމު އާމްދަނީ ދަށް އަދި ދިރިއުޅުމަށް ދަތިވެފައިވާ ފަރާތްތައް ވަކިން ފާހަގަކޮށް، އެފަރާތްތަކަށް ހައްގުވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ހަރުދަނާ ތަރުތީބުތަކަކާއި އުސޫލުތަކެއްގެ ދަށުން ހިންގާ ނިޒާމަކަށް ވާންޖެހޭ ކަމަށް ފިރާގު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންދާތީ، އިގްތިސާދީ މާހިރުންނާއި ވިޔަފާވެރިންވެސް ދަނީ މި ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރަށް ތަކުރާރުކޮށް ބާރުއަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު